ކެސިނޯ އަޅަން ތާއީދުނުކުރާ ކަމަށްބުނެ މަހުލޫފް މަޢާފަށް އެދިއްޖެ

ކެސިނޯ އަޅަން ތާއީދުނުކުރާ ކަމަށްބުނެ މަހުލޫފް މަޢާފަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2022 10:29
0

ރާއްޖޭގައި ކެސިނޯ އަޅަން ތާއީދު ނުކުރާކަމަށާއި، އަދި މަޖިލީހުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އޮޅުންއަރާފައިވާތީ މަޢާފަށް އެދިވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ތަކުރާރުކޮށް ދައްކަވާ ވާހަކައަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު މަހްލޫފް، ހިތްވަރު ލިބޭ ފަދަ ގޮތަކަށް އިއްޔެ މަޖިލިހުގައި ވަނީ ވާހަކަ ދައްކަވައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ނަޝީދަށާއި މަހްލޫފަށް އަމާޒުވެފައިވެއެވެ.

މިވާހަތަކާއި ގުޅިގެން ދީނީ އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މަހުލޫފް މިއަދު ވިދާޅުވީ އޭނާއަކީ ކެސިނޯ އަޅަން ތާއީދު ކުރާނެ މީހެއް ނޫންކަމަށެވެ. އަދި އެކަމަށް ދުވަހަކުވެސް ވަކާލާތުވެސް ނުކުރާނެކަމަށެވެ. މަޖިލީހުގައި ދެއްކި ވާހަތަކުން ގޯސް މާނަތަކެއް ދޭހަވާނަމަ މަޢާފަށް އެދޭކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން. އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން. އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން.

– މަހުލޫފް ވިދާޅުވިއެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް ފާހަގަވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.