ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މާދަމާ ބަހުރައިނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމިހުގެ 5ވަނަ ދުވަހުން ފެށިގެން މިމަހުގެ 8ވަނަ ދުވަހަށް، ރައީސުލްޖުމްހޫރިއްޔާ ބަހުރައިނަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅަކީ ބަހުރައިނުގެ ރަސްގެފާނު ހަމަދު ބިން ޢީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
President @ibusolih will visit Bahrain from October 5 to October 8, 2022, upon the invitation of the King of Bahrain.
— Miuvaan Mohamed (@MvSpokesperson) October 4, 2022
ރައީސުލް ޖުމްހޫރިއްޔާ އެންމެފަހުން ބޭރަށް ވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތު 2ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް ރައީސް ވަޑައިގަތީ މިިދޔަ މަހުގައެވެ.
ކޮމެންޓު ފޮނުވާ