ބާސެލޯނާމެދު ގްރީޒްމަން ހިތްހަމަނުޖެހޭ : ޑެޝޯމްޕްސް

ބާސެލޯނާމެދު ގްރީޒްމަން ހިތްހަމަނުޖެހޭ : ޑެޝޯމްޕްސް

Author
އިބްރާހީމް ސާޢިދު
07 އޮކްޓޯބަރ 2020 08:35
0

ބާސެލޯނާގައި ގްރީޒްމަން ހުރީ ކުލަބުގެ މިހާރުގެ ހާލަތާމެދު ހިތްހަމަޖެހިގެން ނޫންކަމަށް ފްރާންސްގެ ފުޓްބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މިވަގުތު ޤައުމީ ޓީމުގައި ތަމްރީނުތަކާ ގުޅުނު ކުޅުންތެރިޔާއާ ގުޅޭ ގޮތުން ފްރާންސްގެ ކޯޗު ބުނީ ގްރީޒްމަންގެ ފުރަތަމަ ސީޒަން ބާސެލޯނާގައި އޭނާ ހޭދަކުރީ އެހާ ފަސޭހަ ދުވަސްތަކެއް ނޫންކަމަށާއި ކުޅުންތެރިޔާގެ މިހާރުގެ ހާލަތުގައި ވެސް ބާސެލޯނާގައި ހުރީ ހިތްހަމަޖެހިގެން ނޫންކަމަށެވެ. މި ވާހަކަތައް ޕަބްލިކްގައި އަޑުއަހަން ބާސެލޯނާގެ ކޯޗު ރޮނާލް ކޫމަން އަށް ފަސޭހަ ނުވާނެކަމަށް ޑެޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ސީޒަނެކޭ އެއްގޮތަށް މި ސީޒަނުގައި ވެސް ބާސެލޯނާގައި ގްރީޒްމަންގެ ކުޅުން ފާހަގަނުވާކަމަށެވެ. ކުލަބުގެ ހާލަތާ ގުޅޭގޮތުން އެނާ ވާހަކަދައްކަން ބޭނުންނުވާ ކަމަށް ޑެޝޯމްޕްސް ބުންޏެވެ. ގްރީޒްމަންއަކީ ކަނާތު ފަޅިން ކުޅޭ ކުޅުންތެރިޔެއް ކަމަށާއި އޭނާ މިހާރު ބާސެލޯނާގައި ލިބުނީ މާބޮޑަށް މެދުތެރޭގެ ކުޅޭ ރޯލެއްކަމަށް ވުމުން އޭނާގެ ކުޅުންދައްކަން އުނދަގޫވެފައިވާ ކަމަށް ފްރާންސްގެ ކޯޗު ބުންޏެވެ.

"ހަގީގަތުގައި ވެސް އޭނާ ހުރީ ހިތްހަމަޖެހިގެން ނޫން ، އެއީ އަހަރެން ކަންބޮޑުވާކަމެއް، ކުޅުންތެރިޔާގެ ކުޅުމައް އަސަރު ކުރަންޏާ ކަންބޮޑުވޭ" އެންމެ ފަހުން ވޯލްޑްކަޕް ތަށި ކާމިޔާބުކުރި ކޯޗު ބުނިއެވެ.

ގައުމީ ޓީމުގައި ގްރީޒްމަން ބޭނުންކުރަނީ އޮލިވާ ޖިރޫޑް އާއި ކިލިއަން އެމްބާޕޭ އަށްވުރެ ފަހަތުން ދެވަނަ ފޯވާޑެއްގެ ގޮތުގައެވެ. ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާރޭ ފްރާންސް ޔުކްރެއިނާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.