ބޮޑާކަމާއި ކިބުރުވެރިކަމަކީ ގައިގައި ހުންނަ ސިފައެއް ނޫންކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު މާލެއަށް ވަޑައިގަންނަވަން ފުލައިޓަށް އަރާވަޑައިގަތުމުގެ ކުރިން އޭނާ ޗެކުކުރި ކައްދޫ އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރިކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ޚަބަރާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
މަހުލޫފް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ވަރަށް ގިނައިން ދަތުރު ކުރެވޭކަމަށެވެ. މިއިން ކޮންމެ ދަތުރެއްގައިވެސް އެއާޕޯޓް މެދުވެރިކޮށް ކުރާނަމަ ސެކިއުރިޓީ އަބަދުވެސް ޗެކް ކުރަމުންދާކަމަށެވެ. އަދ މިރޭ ކުރެއްވި ދަތުރުގައިވެސް ސެކިއުރިޓީ ޗެކް ކުރެއްވިކަމަށެވެ. ނޫސްތަކުގައި ލިޔެފައިވާ ޚަބަރު ދޮގުކުރައްވައި މަހުލޫފް ވިދާޅުވީ އޭނާއަކީ ބޮޑާކަމަށް ލޯބިކުރާ މީހެއްކަމަށެވެ.
ވަރަށްގިނައިން އެކިކަންކޮޅުތަކަށް ދަތުރުކުރަން. ގަވައިދުގެތެރެއިން ކޮންމެފަހަރަކުވެސް ސެކިއުރިޓީ ޗެކް ކުރޭ، މިރޭވެސް ކޫއްޑޫއިން ޗެކްކުރި. ޗެކްކުރާކަން އެންމެ ރަނގަޅަށް އިނގޭނީ އެއަރޕޯޓު ތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް. ބޮޑާކަމަކީ އަޅުގަނޑު ގައިގަ ހުންނަ ސިފައެއްނޫން.
– މަހުލޫފް ވިދާޅުވިއެވެ.
ވަރަށްގިނައިން އެކިކަންކޮޅުތަކަށް ދަތުރުކުރަން.ގަވައިދުގެތެރެއިން ކޮންމެފަހަރަކުވެސް ސެކިއުރިޓީ ޗެކް ކުރޭ،މިރޭވެސް ކޫއްޑޫއިން ޗެކްކުރި.ޗެކްކުރާކަން އެންމެ ރަނގަޅަށް އިނގޭނީ އެއަރޕޯޓު ތަކުގެ ސެކިއުރިޓީ އޮފިސަރުންނަށް.
ބޮޑާކަމަކީ އަޅުގަނޑު ގައިގަ ހުންނަ ސިފައެއްނޫން. pic.twitter.com/H3vdrGap1O— Ahmed Mahloof (@AhmedMahloof) October 3, 2022
އެމްޑީޕީގެ ހަރަކާތަކަށް ލ.އަތޮޅަށް ވަޑައިގެން މަހުލޫފު އެއާޕޯޓަށް މިދިޔަ ހޮނިހިރުދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަޑައިގަތީ މާލެއަށް އަނބުރާ ވަޑައިގަތުމަށްކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ. އަދި އެ ވަގުތު ޗެކުވުމަށް މިނިސްޓަރު އަރިހުން އޭވިއަޝަން ސެކިއުރިޓީގެ މުވައްޒަފު އެދުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މަހުލޫފު ވާހަކަދެއްކެވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިމައްސަލާގައި މިނިސްޓަރާއި ސުވާލުކޮށް ވާހަކަ ދެއްކި ސްޓާފް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ