މިވީހާ ދުވަހު ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވި ބަޔަކު، މިއަދު ކުޅޭ ޗަރުކޭހަށް ފާރަވެރި ވާންޖެހޭ: ހުސއިން

މިވީހާ ދުވަހު ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވި ބަޔަކު، މިއަދު ކުޅޭ ޗަރުކޭހަށް ފާރަވެރި ވާންޖެހޭ: ހުސއިން

މި ވީހާ ދުވަހު ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވި ބަޔަކު މިއަދު ކުޅެމުންދާ ޗަރުހޭހަށް ރައްޔިތުން ފާރަވެރިވާން ޖެހޭކަމުގައި އެމްއެންޕީގެ ނާއިބު ރައީސް އަދި މަޝްހޫރު ވިޔަފާރަ ވެރިޔާ ގްލޯރިއާ ހުސެއިން ވިދާޅުވެއްޖެއެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާގައި މިމަހުގެ 3 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާ، ޓުއަރިޒަމަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް އިޝާރާތް ކުރައްވާ، ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަޔާތުން ވީހާދުވަހެއްގައި ޓުއަރިޒަމް ބޯއިކަޓް ކުރަން ގޮވާ، ރާއްޖޭން ބޭރުގަ ގައުމުގެ އަގުވައްޓާލުމައް އެތައް ޑްރާމާއެއް ކުޅުނު ބަޔަކު މިއަދު މާ ޓްއަރިޒަމްވެގެން މިކުޅޭ ޗަރުކޭހަށް ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކާއި ގުޅިގެން އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ވިދާޅުވެފައިވަނީ ދިވެހިންނަށް ފަހިވާގިތަށް ފަތުރުވެރިކަމުގެ ސިނާއަތު ބަދަލުވާން ޖެހޭ ކަމުގައެވެ. އަދި އޭނާވަނީ ރާއްޖޭގައި 166 ރިސޯޓު އޮތްއިރު، ދިވެހިންގެ ފުރިހަމަ ބާރުހިނގާ ކިތައް ރިސޯޓު ރާއްޖޭގަ އޮތްތޯ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން، އަދި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާގައި ސަރުކާރުން ރޭވަނީ ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއްވެސް ބާއްވާފައެވެ. މިޖަލްސާ ޝަރަފްވެރިކޮށް ދެއްވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރާލުން ކަމުގައެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.