ގެނެވޭ ބަދަލުތަކުގެ ނަތީޖާ ގުޅިފައިވަނީ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމުގެ މައްޗަށް: ރައީސް

ގެނެވޭ ބަދަލުތަކުގެ ނަތީޖާ ގުޅިފައިވަނީ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމުގެ މައްޗަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2022 09:51
0

ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށާއި، ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ޞުލްޙައާއި އަމަން އަމާންކަން ދެމި އޮންނަ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖްގައެވެ. މި މެސެޖްގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭ އިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމުގައި ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދުވަހާގުޅޭ ބެޖެއް ހަދިޔާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ޞުލްޙަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އދ. އިން 2007ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާޗާ
ރއިބުރާހިމް ދައްކަވާ ވާހަކަ ރީއްޗެއްނޫން ތި ރައީސް އިބުރާހިމް އިދިކޮޅުގާ ހުންނަވައިގެން ކަންތައް ކުރެއްވީ ގަދަބާރުން ވެރިކަން ވއްޓާލަން ހަލަބޮލި ކުރަން އަމަންއަމާންކަން ނަގާލަން އެކަމުގެ އަސްލަކަށްވީ ގައުމު ފިތުނަ ފަސާދަވުން، މިހާރުވެސް ޕީޕީއެމް އިދިކޮޅުގާ އޮތީތީ ގައުމު އަމަންއަމާން ކަމުގާ މިއޮތީ، ތި ވިދާޅުވީ ހަމަ ތެދުފުޅެއް، މިހާރުވެސް އެތައްހައްގުތަކެއް ނަގާލާ އެތައްޢައިރުގާނޫނީ އަމުރެއް ރައީސް ކުރުމުން ވެސް އިދިކޮޅުން ގަބޫލު ކޮށް ކިއަމަންތެރި ވީތީ ހަމަހިމޭން ކަމުގާ ގައުމު މި އޮތީ، ތިއެއް އެނގުނީހީ މިހާރުވެސް އެމްޑީޕީ އިދިކޮޅުގާ އޮތްނަމަ، ފާޑުފާޑުގެ ބޭގަރާރު ފޮނި ވާހަކަފުޅު ނުދައްކަވާ ހުންނެވުން ރަނގަޅުވާނެ.