ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ، މަރުގައި ޝައްކު ކުރެވޭ މީހަކު އަދި ނެތް!

ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ، މަރުގައި ޝައްކު ކުރެވޭ މީހަކު އަދި ނެތް!

ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވައި އޮއްފައި ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

އެހަށިގަނޑަކީ ހުޅުމާލޭ 2ވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ ހ.ބޮނޑިކަނދޮޅުގޭ، ޢުމުރުން 27 އަހަރުގެ މުޙައްމަދު އަޒުހާންގެ ހަށިގަނޑުކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. މިރޭ އެހަށިގަނޑު ފެނުނު ސަރަޙައްދުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށެވެ.

ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެފައިކަމަށާ، އެހެންކަމުން އަދި ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް ހަސަން ސައީދު ވިދާޅުވިއެވެ. އަދި މިޙާލަތުގައި މާގިނަ މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމަށާ، ކުރިއަށް އޮތް ވަގުތުތަކުގައި މިކަމާގުޅިގެން ހާމަކުރެވެންހުރި ކަންކން ހާމަކުރަމުން ދާނެކަމަށްވެސް ހަސަން ސައީދު ވިދާޅުވިއެވެ.

ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުކަމަށް ވަރަށްބޮޑަށް ބެލެވޭކަމަށް ހަސަން ސައީދު ވިދާޅުވެއެވެ. އެހެންނަމަވެސް އަޒްހާންގެ ފޯނު އަދި މިހާތަނަށް ނުފެންނަކަމަށްވެސް ހަސަން ސައީދު ވިދާޅުވިއެވެ. ހަސަން ސައީދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ހިންގަނީ ހޯމަސައިޑް ތަހުގީގެއް ކަމަށާއި އެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް ތަހުގީގަށް މިމައްސަލާގައި ޝައްކު ކުރެވޭ މީހަކު ދެނެގަނެފައި ނުވާކަމަށާއި، އަޒުހާން ގެންގުޅުނު ފޯނުވެސް އަދި ފެނިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ފަށައިގެން މި ދަނީ ހޯމަސައިޑް އިންވެސްޓިގޭޝަނެއް. ޕޯސްޓްމޯޓަމެއް ކުރިއަށްގެންދާނެކަން އާއިލާއަށް ވެސް އަންގާފައި ވާނީ.

– ސައީދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އަޒުހާން އެދުވަހު ފަތިހު ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރު ކައިރިން ފެނިފައިވެއެވެ. އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *