"ތޭންކް ގޯޑް" އިން ވަރަށް މަޑުމައިތިރި ލަވައެއް!

"ތޭންކް ގޯޑް" އިން ވަރަށް މަޑުމައިތިރި ލަވައެއް!

ބޮލީވުޑްގެ ސުޕަސްޓަރ އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ތޭންކް ގޯޑް"ގެ އިތުރު ލަވައެއް ދޫކޮށްލައިފިއެވެ.

މިފަހަރު ގެ ލަވަ އަކީ "ހާނިޔާ ވޭ" އެވެ. މި ލަވަ އަކީ ވަރަށް މަޑުމައިތިރި ލޯބީގެ ލަވައެކެވެ.

މި ފިލްމުގައި އަޖޭ ދޭވްގަންގެ އިތުރުން ސިދާތް މަލްހޮތުރާ އާއި ރަކުލް ޕްރީތު ސިންގް ފެނިގެންދާނެއެވެ. އަންނަ މަހުގެ 25 ގައި ރިލީޒް ކުރާގޮތަށް އޮތް އެ ފިލްމުގެ ދެވަނަ ލަވައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖުބިން ނޯޓިޔާލް ކިޔާފައިވާ ލަވައެކެވެ.

އެންމެ ފުރަތަމަ މި ފިލްްމުން ބެލުންތެރިނަށް ދައްކާލި ލަވައަކީ މަނިކޭ" އެެވެ. އެއީ ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ، ޔޮހާނީ ދިލޯކާ ޑި ސިލްވާ ކިޔާފައިވާ ސިންހަޅަ ލަވައެއް ކަމަށްވާ، "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެވެ. އެ ލަވައިގައި ފެނުނީ ސިދާތުގެ އިތުރުން އައިޓަމް ގާލް ނޯރާ ފަތޭހީއެވެ.

މި ލަވާގައި ވަރުގަދަ ނެށުން ތަކެއް ފެނިގެން ދިޔައިރު ގިނަ ބަޔަކަށް ލަވަ ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. "ތޭންކް ގޯޑް" އަކީ ކޮމެޑީ ފިލްމެކެެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންދަރު ކުމާރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.