މާބަނޑު މީހުންނަށް އާލިއާގެ ފަރާތުން ހަދިޔާއެއް!

މާބަނޑު މީހުންނަށް އާލިއާގެ ފަރާތުން ހަދިޔާއެއް!

އަލަތު ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އަމިއްލަ ފެޝަން ލޭބަލްގެ ދަށުން މެޓާނިޓީ ކަލެކްޝަނެއް ނެރެން ނިންމައިފިއެވެ.

އާލިއާ ވަނީ ސޯޝަލް މީޑިއާގައި މާބަނޑު ދުވަސްވަރު އަންހެނުން ލާން ހާއްސަ ހެދުން ކަލެކްޝަންގައި ހިމެނޭ ހެދުންވެސް ދައްކާލައިފައެވެ.

އާލިއާގެ މެޓާނިޓީ ކަލެކްޝަން ލޯންޗްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ގައިއެވެ. ވަރަށް ފެޝަން އަދި އެހާމެ ކޮމްފޮޓެބަލް މި ކަލެކްޝަންގެ ނަމަކީ "އެޑަމަމާ މެޓާނިޓީ ވެއާ"އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ އާއި އެކްޓަރ ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ކައިވެންޏަށް 2 މަހުގައި އާލިއާ ވަނީ އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އާލިއާ އާއި ރަންބީރު ފެނިގެންދިޔައީ އެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބްރައްމަސްތުރާ" އިންނެވެ. މި ފިލްމަކީ ބޮކްސްއޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.