އަމާންކަމާއި ރައްކާތެރިކަން ނެތް މުޖުތަމައެއް، ވިލުންވެރި މުޖުތަމައަކަށް ނުވާނެ: އިމްރާން

އަމާންކަމާއި ރައްކާތެރިކަން ނެތް މުޖުތަމައެއް، ވިލުންވެރި މުޖުތަމައަކަށް ނުވާނެ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
02 އޮކްޓޯބަރ 2022 11:49
0

އަމަން އަމާންކަމާއި ރައްކާތެރިކަން ނެތް މުޖުތަމައެއް ވިލުންވެރި މުޖުތަމައަކަށް ނުވާނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްވި މެސެޖުގައި ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ.

މިނިސްޓަރ އިމްރާންގެ މެސެޖުގައި ވިދާޅުވީ ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސް ކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން ޤާއިމް ކުރުންކަމަށެވެ. އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއް ކަމަށާއި، އެފަދަ މުޖުތަމައެއް ގާއިމްކުރެވޭނީ އެންމެންގެ އެއާބާރުލުމާއި އެކުގައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ވިލުންތެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ރައްކަތެރިކަން. އަމަން އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރެވޭނެ މުޖުތަމައެއް. އަހިންސަ މުޖުތަމައެއް އުފެއްދޭނީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން ލިބިގެން.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީސަރުކާރާއި ސަރުކާރުގައި ހިމެނޭ މުއައްސަސާތަކާއި، ވަކިވަކި ފަރުދުން އަހިންސަޔަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ދޭދޭ ޤައުމުތަކާއި މުޖުތަމައުތަކާއި، ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރާނީ ވައިލެންޓް ވެގެންނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބައިނަލް އަގުވާމީ ގޮތުން އަހިންސަ މުޖުތަމައެއް ގާއިމް ކުރުމަށްޓަކައި ދިވެހި ރާއްޖެއަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަމަށާއި، ދިވެހި މުޖުތަމައަކީ އަހިންސަ މުޖުތަމައަކަށް ވުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަހިންސަ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން އިސްނަގައިގެން ދައުލަތުގެ ވެރިންނަށާއި، އެކި އިދާރާތަކަސް ދުވަހާއި ގުޅޭ ޚާއްސަ ބެޖެއް ދަނީ ހަދިޔާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.