ފޭސް ދޭކުން ފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތާއި ތަރައްޤީ: ޑރ.މުއިއްޒު

ފޭސް ދޭކުން ފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތާއި ތަރައްޤީ: ޑރ.މުއިއްޒު

ގުޅުންހުރި

ހުޅުމާލޭ ފޭސް ދޭކުން ފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތާއި އެމަނިކުފާނުފެ ތަރައްޤީ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިމާރާތްކުރި "އެއިރޯ ރެޒިޑެންސީ" ގެ ފްލެޓުތައް ލިބުނު މުވައްޒަފުންނާ އެތަންތަން ހަވާލު ކުރުމާއި ގުޅިގެން މަރުހަބާ ދަންނަވައި މުއިއްޒު ވަނީ މިއީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ކޮންމެ ދިމާލަކަށް ބަލައިމުންވެސް ފެނިގެންދަނީ ރައީސް ޔާމީންގެ ތަރައްޤީއާއި، އެމަނިކުފާނުގެ ލެގަސީކަމުގައެވެ.

ހިޔާ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ކުރިއަށް ގެންދަން ރައީސް ޔާމީން ހަވާލުކުރެއްވި ފްލެޓްތަކުގެ ތެރެއިން އެމްއޭސީއެލްގެ ފްލެޓްތައް ލިބުނު ރައްޔިތުންނަށް މަރުހަބާ ދަންނަވަން. ގުޅުމާލެ ފޭސް 2 ގައި ކޮންމެ ކަންކޮޅަކުން ފެންނަނީ ރައީސް ޔާމީންގެ ތަރައްޤީއާއި ލެގަސީ. ދުރުވިސްނޭ ސިޔާސަތު.

– މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "އޭރޯ ރެޒިޑެންސް" ތަރައްޤީކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި ޙަވާލުކޮށްގެންނެވެ. 14 ބުރީގެ 2 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ މިތަނުގައި ޖުމްލަ 384 އެޕާޓްމަންޓް ހިމެނެއެވެ. މީގެތެރޭގައި 2 ކޮޓަރީގެ 240 އެޕާޓްމަންޓާއި، 1 ކޮޓަރީގެ 144 އެޕާޓްމަންޓް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ