އަޒްހާން ނުފެނިދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް: އެމްއާރުއެމް

އަޒްހާން ނުފެނިދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް: އެމްއާރުއެމް

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2022 10:30
0

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު އަޒްހާން ނުފެނިދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

އަޒުހާން ނުފެނި ގިނަ ދުވަސްވެފައިވާތީ އެމް.އާރް.އެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިފައިވާ އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން އަދިވެސް ފެނިފައި ނުވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކުން ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 20ވަނަ ދުވަހުގެ ރޭކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދިޔަ ނަމަވެސް، މިކަމުގައި އަދި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށެވެ.

އެހެންކަމުން، އަޒްހާން ނުފެނި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް އެމްއާރުއެމްއިން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.