މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރަކު ޑިއުޓީގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

މާފުށީ ޖަލުގެ ޕްރިޒަން އޮފިސަރަކު ޑިއުޓީގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
ހުސެއިން
30 ސެޕްޓެމްބަރ 2022 06:06
0

މާފުށީ ޖަލުގައި ޑީއުޓީގައި ހުރި ޕްރިޒަންސް އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާ ވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ނިޔަވެފައިވަނީ މާފުށީ ޖަލުގައި ރޭ ޑިޔުޓީ ކުރަމުން ދަނިކޮށް، ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި އާދަމް ނައުޝާދަ ނިޔާވުމަކީ އޭނާއަށާއި އަދި މުޅިމުވައްސަސާގެ ހުރިހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމުގައެވެ.

ނައުޝާދު ޑިއުޓީ ހުއްޓާ ކުއްލިއަކަ ނިޔާވީ ސަބަބެއް ނުވަތަ ކުރިމަތިވީ ސިއްޙީ މައްސަލައާއި ގުޅުންހުރި މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.