2023ގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން: މައުސޫމް

2023ގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން: މައުސޫމް

Author
މުޙައްމަދު ޖިމީ
29 ސެޕްޓެމްބަރ 2022 06:08
0

އަމާޒަކީ2023 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ޤައުމުގެ ޖީޑީޕީގެ %47 ކަމަށެވެ. އަދި ދައުލަތައް ލިބޭ އާމްދަނީގެ %46 އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

 

ކޯވިޑް-19 އާއި ގުޅިގެން 27 މާރޗް 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނިންމެވުމާއިއެކު 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފުރަތަމަ 2 މަހު ފަތުރުވެރިން އައި އަދަދު ދައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން އެހާ އަވަހަށް އިއާދަވުމުގެ އަސްލު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރި ފަރާތްތައް ކަމަށެވެ. މީގެއިތުރުން ރާއްޖެއަށް ތެދުވެރި ވަފާތެރި ފަތުރުވެރިން ގިނަވުމަކީވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތައް ގެންދިއުމަށް އެހީވެދިން ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖެއަކީ އެއްފަހަރަށްވުރެ ގިނަފަހަރު އަންނަ ފަތުރުވެރިން އިތުރުވުމެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރު ރާއްޖޭގައި މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެންދާނެކަމަށެވެ.

ޒޫމް މެދުވެރިކޮށް އޮތް މި ސެމިނަރގެ މައުޟޫއަކީ "ރީއިމޭޖިނިންގ ޓޫރިޒަމް: ކަމިންގ ބެކް ފްރޮމް ދަ ބްރިންކް" މިމައުޟޫއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.