ރިޗާ އާއި އަލީގެ ކައިވެނީގެ ކާޑު ވަރަށް ތަފާތު!

ރިޗާ އާއި އަލީގެ ކައިވެނީގެ ކާޑު ވަރަށް ތަފާތު!

އަންނަ މަހުގެ 6 ވަނަ ދުވަހު ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނަ ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެނީގެ ދައުވަތު ކާޑު ވަރަށް ތަފާތެވެ.

ކައިވެނި ކުރާ ދުވަސް ކައިރި ވަމުން އަންނަ އިރު ކައިވެންޏަށް ދެތަރިން ވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އަދި މިހާރު އެންމެ ފަހުގެ ތައްޔާރީ ތަކުގެ ތެރޭގައި ހިމެނޭ ކައިވެނި ދައުވަތު ކާޑުވެސް ނިމި މިހާރު ހުރީ ބެހުމަށް ތައްޔާރަށެވެ.

މިއާއެކުގައި އެކާޑުގެ ފޮޓޯ ވަނީ ސޯޝަލް މީޑީއާގައި ވައިރަލްވެފައެވެ. އަދި ގިނަބަޔަކު ވަނީ އެކާޑު ވަރަށް ތަފާތު ކަމަށް ބުނަން ފަށައިފައެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

7 އަހަރުގެ ދިގު މުއްދަތެއްގައި ރައްޓެހިވެގެން އުޅުނު އަލީ އާއި ރިޗާ ދިމާވީ 2012 ވަނަ އަހަރު، "ފުކްރޭ"ގެ ސެޓުންނެވެ.

2020 ވަނަ އަހަރުވެސް ކައިވެންޏަށް ތައްޔާރުވަމުން ދިއަ ދެތަރިން އެ އަހަރުގައި ކައިވެނި ނުކުރީ ކޯވިޑް ޕެންޑަމިކްގެ ސަބަބުންނެވެ. އޭގެ ފަހުން މިދެތަރިން ކައިވެނި ދެފަހަރެއްގެ މަތިން ލަސްވި ނަމަވެސް އިތުރަށް ލަސް ނުކުރާނެ ކަމަށް މީގެ ކުރިން ޚަބަރުތައް ވަނީ ބުނެފައެވެ.

ރިޗާ، 35، ބުނި ގޮތުގައި އަލީ، 35، ކައިވެންޏަށް ޕްރޮޕޯޒްކުރީ ދެ މީހުން އެކުގައި 2018 ގެ ތެރޭގައި ރާއްޖެއަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *