މިއަދުގެ ހާލަތު ވަޒަން ނުކުރެވި، މާދަމާގެ ހާލަތެއް ރަނގަޅެއް ނުކުރެވޭނެ: އިމްރާން

މިއަދުގެ ހާލަތު ވަޒަން ނުކުރެވި، މާދަމާގެ ހާލަތެއް ރަނގަޅެއް ނުކުރެވޭނެ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2022 02:04
0

މާދަމާގެ ހާލަތު ރަނގަޅު ކުރެވޭނީ މިއަދުގެ ހާލަތު ރަނގަޅަށް ވަޒަން ކުރެވިގެން ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ހޯމް މިނިސްޓަރަކަށް އިމްރާން ހުންނަވައިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަމަހަމަ އެޅުވުމަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި އިމްރާން ވިދާޅުވީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިއަދުގެ ހާލަތު އެނގުން ވަރަށް މުހިންމުކަމަށެވެ.

އިމްރާންގެ ޓުވީޓާއިގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތަކާއި، މާލޭގައި ފާޅުކަން ބޮޑުކޮށް ހަށި ވިއްކުމުގެ ވިޔަފާރި ހިންގަމުންދާއިރު ހޯމް މިނިސްޓަރަކަށް އިމްރާން ހުންނަވައިގެން މިއަދުގެ ހާލަތުވެސް އެނގިވަޑައި ނުގަންނަވާކަމަށް ޓުވީޓަށް ރައްދު ދެއްވި މީހުން ވަނީ ބުނެފައެވެ.

މާދަމާގެ ހާލަތު ރަނގަޅު ކުރެވޭނީ، މިއަދުގެ ހާލަތު ވަރަށް ރަނގަޅަށް އެނގި ވަޒަން ކުރެވިގެންނެވެ.

– އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ގޭންގު ކުށްތަކާއި، ޑްރަގުގެ މައްސަލަތައްވެސް އިންތިހާއަށް ބޮޑުވެފައިވާ މިދުވަސްވަރުގައި މިނިސްޓަރ އިމްރާނަށް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައެވެ. އަދި މަޖިލީހުގައިވެސް ހިމެނޭ ބައެއް މެމްބަރުން ގެންދަވަނީ މިނިސްޓަރ އިމްރާނަށް ހޯމް މިނިސްޓަރުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތަށް އަދާ ނުކުރެވޭކަމަށް ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޮއިލާ
ރައްޔިތުން ނޫޅޭ ހާލަތު ނޭންގިގެންނެއް. ގައުގެ ހާލަތު ގޯހުން ގޯހަށް ދަނީ ތިކަގަލަ ބޯގަމާރުވެރިން ތަންތާންގަ ތިބޭތީ. ދައުލަތުން ރޯނު އެދުރުން ގާޒީންނަށް ލާ މި ގައުމު ސަދޫމަށް ބަދަލުކޮއްފި.