Ad
ފަހު ވަގުތުގައި ޔުނައިޓެޑުން ކަވާނީގެ ސޮއި ހޯދައިފި

ފަހު ވަގުތުގައި ޔުނައިޓެޑުން ކަވާނީގެ ސޮއި ހޯދައިފި

Author
އިބްރާހީމް ސާޢިދު
06 އޮކްޓޯބަރ 2020 03:07
0

އެޑިންސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫން މަހު ހަމަވިއިރު، އޭނާ މީގެ ކުރިން ހުރީ ކުލަބަކާ ނުގުޅެއެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަވާނީ ޔުނައިޓެޑަށް ސޮއިކުރިއިރު، ޔުނައިޓެޑާއެކު އޭނާ ވަނީ އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ކަވާނީ އެ ކުލަބު ދޫކޮށްލާފައިވާއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕީއެސްޖީއަށް ކުޅެދިން 301 މެޗުން 200 ލަނޑު ޖަހައިދީފައިވާ ކަވާނީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަ ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

ކަވާނީގެ އިތުރުން ހޯމަ ދުވަހު ޔުނައިޓެޑުން ވަނީ 15.4 މިލިޔަން ޕައުންޑުގެ ފީއަކަށް ޕޯޓޯއަށް ކުޅެމުން އައި ބްރެޒިލުގެ ޑިފެންޑަރު އެލެކްސް ޓެލެސްގެ ސޮއި ހޯދާފައެވެ. އަދި ވަނީ ޒުވާން ދެ ފޯވާޑުން ކަމަށްވާ އެޓަލާންޓާގެ އަމަޑް ޑިއާޔޯ އާއި އުރުގުއޭ ފޯވާޑް ފަޗުންޑޯ ޕެލިސްޓްރީވެސް އެ ޓީމަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.