އިންޑިއާގެ މަޝްހޫރު ސްޓޭންޑަޕް ކޮމޭޑީއަން ރާޖޫ ސްރިވަސްތަވް ހާލުދެރަވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެއެވެ.
ރާޖޫއަށް ހާޓްއެޓޭކެއް ޖެހިގެން ނިއު ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 10 ގަ އެވެ. އޭނާއަށް ހާޓް އެޓޭކް ޖެހުނީ ޖިމެއްގައި ކަސްރަތު ކުރަން ހުއްޓައެވެ.
އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުދިނުމަށްފަހު ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން އޭނާ ވެންޓިލޭޓަރުން ނެގި ވެސް މެއެވެ. ނަމަވެސް މިމަހުގެ ތެރޭގައި އަނެއްކާ ވެސް ހާލުގޯސްވެ އޭނާއަށް ފަރުވާ ދޭން ޖެހުނެވެ.
58 އަހަރުގެ ކޮމޭޑިއަންގެ މަރުގެ ޚަބަރާއެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
Heartbreaking… Friend, well-wisher, neighbour #RajuSrivastava ji, you will be missed… Om Shanti 🙏🙏🙏 pic.twitter.com/DYoIZM1F88
— taran adarsh (@taran_adarsh) September 21, 2022
ބައެއް ފިލްމު ތަކުންވެސް މަޖާ ރޯލުތަކުން ފެނިފައިވާ ރާޖޫ ވަނީ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯ ތަކުން ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި މިހާރު އިންޑިއާގެ އެންމެ މަގުބޫލު "ދަ ކަޕިލް ޝަރްމާ ޝޯ" ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ