"އޫޗާއީ"ގެ އާ ޕޯސްޓަރެއް އަމިތާބު ހިއްސާ ކޮށްފި

"އޫޗާއީ"ގެ އާ ޕޯސްޓަރެއް އަމިތާބު ހިއްސާ ކޮށްފި

Author
ފާތިމަތު ނާވީ
20 ސެޕްޓެމްބަރ 2022 05:04
0

އާއިލީ ފިލްމުތައް ހެދުމަށް މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖާތިއާގެ ކުރިއަށް އޮތް ފިލްްމު "އޫޗާއީ" ގެ ޕޯސްޓަރެއް ދައްކާލިތާ ދެމަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އިތުރު ޕޯސްޓަރެއް ދައްކާލައިފިއެވެ.

ފިލްމްގެ އެއް ލީޑް ތަރި ކަމަށްވާ ބޮލީވުޑްގެ ލެޖެންޑް އަމިތާބް ބައްޗަން ވަނީ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ އިތުރު ޕޯސްޓަރެއް ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

"އޫޗާއީ" އަކީ ވެސް ފެމެލީ ޑްރާމާއެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ އުމުރުން ދުވަސްވީ ފިރިހެން އެކްޓަރުންނެވެ. އެއީ އަމީތާބް ބައްޗަން، އަނޫޕަމް ކޭރް އަދި ބޮމަން އިރާނީއެވެ. މީގެ އިތުރުން މި ފިލްމުގައި ޑެނީ ޑެންޒޯންގްޕާ، ނީނާ ގުޕްތާ، ސާރިކާ، ނަފީސާ އަލީ އަދި ޕަރީނިތީ ޗޯޕްޅާވެސް ހިމެނެއެވެ.

"އޫޗާއީ" އަކީ މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ސޫރަޖް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ސަލްމާން ޚާނާއި ސޯނަމް ކަޕޫރު ލީޑުން ފެނިގެން ދިއަ 2015 ގެ ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

"އޫޗާއީ" ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އިންޑިއާ އާއި ނޭޕާލްގައި މަންޒަރުތައް ނެގި ފިލްމުގެ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމް ގައި ކިޔައިދޭނީ އުމުރުން ދުވަސްވީ އެކުވެރިންތަކެއްގެ ވާހަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.