އަލިފާނުގެ ހާދިސާގައި ޒަމާނީ މަންޒިލްގެއަށް ބޮޑެތި ގެއްލުންތަކެއް!

އަލިފާނުގެ ހާދިސާގައި ޒަމާނީ މަންޒިލްގެއަށް ބޮޑެތި ގެއްލުންތަކެއް!

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 05:36
0

ގ.ޒަމާނީ މަންޒިލްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 14:45 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:13 ހާއިރުއެވެ.

އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ހިނގި ކަމަށް ބެލެވޭ މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މިހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖެއްސުމުގެ ކަންކަން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.