ރައީސް ޞާލިހަކީ ވަކި ފިކުރަކަށް ނުބަލައި މަޝްވަރާއަށް އިސްކަންދޭ ވެރިއެއް: މޮސްޓާ

ރައީސް ޞާލިހަކީ ވަކި ފިކުރަކަށް ނުބަލައި މަޝްވަރާއަށް އިސްކަންދޭ ވެރިއެއް: މޮސްޓާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ވަކި ފިކުރަކަށް ނުބައްލަވައި މަޝްވަރާއަށް އިސްކަންދޭ ވެރިއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާރ މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރުގައި ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މޮސްޓާ ވިދާޅުވީ މި ހިދުމަތް ދެމެހެެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ދޭން ފެށުމުން ނޮޅިވަރަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ތަޢައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުން މާޒީވެ ދިޔައީ ކަމަށެވެ.

އެނާ ވިދާޅުވީ އޭނާއަކީ ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރަކަށް ނުވިނަމަވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ އޭނާއާއި ކަންކަމުގައި މަޝްވަރާ ކުރައްވާކަމަށެވެ. އަދި ކަންކަމުގައި މަޝްވަރާ ކުރައްވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް މޮސްޓާ ވިދާޅުވިއެވެ.

ހއ. ތުރާކުނުން ފެށިގެން ނ. އަތޮޅު ކަނޑޫގަނޑާ ހަމައަށް އަޅުގަނޑު ފިޔަވާ އެމްޑީޕީ ނޫން މެމްބަރެއް ނުހުންނާނެ. އެކަމަށް ބެލުމެއްނެތި (ރައީސް ޞާލިހު) އަޅުގަނޑާވެސް ކަންތައްތަކާ މަޝްވަރާ ކުރައްވައިގެން އެގެންދަވާ ގެންދެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރާކަމެއް.

– މޮސްޓާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ދާދި ފަހުން ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސްގެ ތެރެއިންވެސް ދާއިރާއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި، ކެބިނެޓުގެ މިނިސްޓަރުންނާ ހިއްސާ ކުރައްވާފައި ވާނެކަމަށެވެ. މިގޮތުން އޭޓީއެމްގެ ޚިދުމަތް ނެތުމުން އެތައް ޚަރަދެއް ކޮށް ކުޅުދުއްޓަށް ދާންޖެހުމުން ދިމާވާ ދަތިތަކާއި އަދިވެސް މިނޫން އެތައް ކަމެއް ރައީސްއަށް ދަންނަވާފައިވާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގެ ހައްލު ހޯއްދަވައި ދެއްވާނެކަމުގެ އުންމީދު ރައީސް ޞާލިހު ދެއްވާފައިވާކަމަށެވެ.

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ 1 ނޮވެމްބަރު 2018 ގައެވެ. މިމަަސައްކަތް ނިމިފައިވަނީ މިއަހަރުގެ ފެބްރުވަރީ 7 ވަނަ ދުވަހުއެވެ. ޤާއިމު ކޮށްފައިވާ 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާނެކަމަށް އެންވާރުމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *