ޑރ.ޖަމީލަކީ ހުރިގޮތަށްހުރި މުނާފިގެއް: ޝިފާއު

ޑރ.ޖަމީލަކީ ހުރިގޮތަށްހުރި މުނާފިގެއް: ޝިފާއު

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2022 09:15
0

ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލަކީ ހުރިގޮތަށް ހުރި މުނާފިގެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެމްބަރުން ޝިފާއު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެން ޑރ.ޖަމީލް ކުރިން ރައީސް ޔާމީނަށް ފާޑުވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއިއެކު ކުރެއްވި ޓުވީޓެއްގައެވެ.

ޝިފާއުވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޑރ.ޖަމީލް ދައްކަވާފައިވާ ވާހަތަކާއިއެކު ޑރ.ޖަމީލަކީ މުނާފިގެއްގެ ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ޑރ.ޖަމީލްގެ ކިބައިގައި މުނާފިގެއްގެ އެއްވެސް ސިފައެއް މެދެއް ނޫންކަމަށް މެމްބަރު ޝިފާއުވަނީ ވިދާޅުވެފައެެވެ.

ޑރ ޖަމީލަކީ ހުރިގޮތަށްހުރި މުނާފިގެއް. މުނާފިގެއްގެ އެއްވެސް ސިފައެއްމަދެއްނޫން.

– މެމްބަރު ޝިފާއު ވިދާޅުވިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ގެންގުޅުއްވަނީ "ސްލެކްޓިވް ޖަސްޓިސް" އެއް ކަމަށެވެ. އޭގެ ދަށުން ހަތަރު ކަމެއް ޖަމީލް ވަނީ ފާހަގަ ކުރައްވައިފައެވެ. އެ ކަންކަމަކީ ކުޑަކުއްޖަކާ ބެހުނުކަމުގެ ކުށް ސާބިތުވި އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ފަހު ދޫކޮށްލުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ތިން މަހަށް ގޭބަންދު ކުރެވޭ ގޮތަށް ލުއި ދައުވާއެއް ކުރުމާއި ރޯޔަލުން ކުރާ ކުށް ނުބެލުމެވެ.

އަދި އެމްޑީޕީ ވެރިންގެ އެމްއެމްޕީއާރްސީގެ ތުހުމަތު ނުބެލުމުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި ވަކި ގާނޫނަކުން އަމަލުކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ މި ސިފަތަކާ އެކީ އެ މަނިކުފާނުގެ ކިބައިގައި "މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވާ" ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

م محمد يوسف
ޑ.ރ.ކަނޑުކޮހެއް އަދި މަދައުޅިނެތްވަލެއް