ޔޫރޮޕާ ލީގުގައި ރޮނާލްޑޯގެ ފުރަތަމަ ގޯލާއިއެކު ޔުނައިޓެޑަށް މޮޅެއް

ޔޫރޮޕާ ލީގުގައި ރޮނާލްޑޯގެ ފުރަތަމަ ގޯލާއިއެކު ޔުނައިޓެޑަށް މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ޝެރިފް ޓިރަސްޕޯލާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޓިރަސްޕޯލްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޓިރަސްޕޯލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކަމިޔާބުކޮށްދިނީ މެޗްގެ 17 ވަނަ މިނެޓްގައި ޖޭޑަން ސަންޗޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކްލަބް ކެރިއަރުގައި ކާމިޔާބުކުރީ 699 ވަނަ ލަނޑެވެ.

މިމެޗްގައި 700 ވަނަ ލަނޑު ހަމަ ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދިޔަ ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއްނުވިއެވެ. އަދި ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗަކަށް ވެގެންދާނީ އިންޓަރނޭޝަނަލް ބްރޭކަށްފަހު ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗް ކަމުން އެމެޗްގައި 700 ވަނަ ލަނޑު ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާއަށް ލިބިގެންދާ ހިތްހަމަ ޖެހުން އިތުރު ވެގެންދާނެއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިވަނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ ކާމިޔާބީ ހޯދިފައެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން ވަނީ ބަލިވެފައެވެ. މިމެޗުން ބަލިވުމުން ޓިރަސްޕޯލް މިހާރުވަނީ ޔުނައިޓެޑްގެ ފަހަތުން ގްރޫޕްގެ ތިންވަނައަށް ފަހަތައް ޖެހިލާފައެވެ. މިގްރޫޕްގައި ސޮސިއެޑާޑް އާއި އޮމޯނިއާ ނިކޯސިއާ ބައްދަލުކުރިމެޗް އަމިއްލަ ދަނޑުގައި 2ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ސޮސިއެޑާޑްއެވެ. އެހެން ކަމުން މިގްރޫޕްގެ އެއްވަނައިގާ އުޅެނީ ސޮސިއެޑާޑްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *