ޕީޕީއެމްއާއި ގިނަ އަދަދެއްގެ ބަޔަކު ގުޅިއްޖެ

ޕީޕީއެމްއާއި ގިނަ އަދަދެއްގެ ބަޔަކު ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2022 11:16
0

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ގުޅިއްޖެއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޕާޓީއާއި އަލަށް ގުޅުނު މީހުންގެ ފޯމްތަކައި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް ޔާމީނެވެ. ސޮއި ކުރި މީހުންގެ ތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުގައި ފާހަގަ ކޮށްލެވޭ މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި މީގެ ކުރިން އުޅުނު މީހުންވެސް ހިމެނެއެވެ.

ޕީޕީއެމްއިން މިފަހުން ބާއްވާ ގިނަ ޖަލްސާތަކުގައި އެޕާޓީއާއި ދަނީ ގިނަ ބަޔަކު ގުޅެމުންނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރަން ޕީޕީއެމްއިން ނިންމާފައިވާއިރު، އެޕާޓީން އަމާޒު ހިފާފައިވަނީ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކޮށް އިންތިޚާބު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރުމަށެވެ.

ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނީ އެޕާޓީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނެވެ. ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އަތޮޅު ތެރޭގައި މަޑު ޖެހިފައި ވީނަމަވެސް އެޕާޓީން ދަނީ މާލޭގައި އެކި ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.