ހޫނު ބަހުސް ތަކަކަށްފަހު ބަޖެޓް ބަހުސް ނިންމާލައިފި

ހޫނު ބަހުސް ތަކަކަށްފަހު ބަޖެޓް ބަހުސް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 09:02
0

އަންނަ އަހަރުން ދައުލަތުން ލާފާކޮށް ހުށަހެޅި ބަޖެޓުގެ ބަހުސް މަރުހާލާ ނިންމާލައިފިއެވެ.

ބަޖެޓްގެ ބަހުސް މަރުހަލާ ނިންމާލާފައިވަނީ ބަހުސް އަށް އެދިވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ ބަހުސް މަރުހަލާ ނިމުންނެވެ. ބަޖެޓަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެއެވެ. ބަޖެޓަށް އެންމެ ފަހުން ބަހުސް ކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަވެ.

ބަޖެޓް ބަހުސްގައި މަޖިލީހުގައި ހިމެނޭ 87 މެމްބަރުންގެ ތެރެއިން ބަހުސްގެ މަރުހަލާގައި ބައިވެރި ވެފައިވަނީ 69 މެމްބަރުންނެވެ. ބަޖެޓް ބަހުސްގައި ބައިވެރި ވެފައި ނުވަނީ 18 މެމްބަރުންނެވެ. ބަޖެޓްގެ 69 މެމްބަރުންގެ ބަހުސްއަށް 15 ގަޑިއިރާއި 43 މިނިޓް ވަނީ ހޭދަކޮށްފައެވެ. ބަހުސްގެ މަރުހަލާއި ބަޖެޓާއި އެއްކޮޅަށް މަދު މެމްބަރަކު ވާހަކަ ދެއްކެވިއިރު، ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންވެސް ވަނީ ބަޖެޓަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

ގިނަ މެމްބަރުން ވިދާޅުވީ މިބަޖެޓަކީ ދަރަނި ބަޖެޓެއްކަމަށާއި، މިހާބޮޑު އަދަދެއްގެ ބަޖެޓެއް މަޖިލީހުން ފާސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ބަޖެޓް ބަހުސްއަށްފަހު މެމްބަރުން ދެއްކެވި ވާހަކަތަކަސް ރިޢާޔަތްކޮށް، ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ބަދަލުތަކެއް ގެންނާނެއެވެ. އަދި ކޮމިޓީ މަރުހަލާއަށްފަހު އަންނަ ހަފްތާގައި ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، ތަޅުމުގައި ބަހުސް ފަށާނެއެވެ. އެބަހުސްގައި ކޮންމެ މެމްބަރަކަށް 7 މިނިޓްގެ ވަގުތެއް ލިބޭނެއެވެ. އެއީ އިތުރު 7 ގަޑި އިރުކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރާ ކުރިމަތިލާއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާ ހުރި ތަފާތުގެ ބޮޑުބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.