ޝިދާތާ އިމްރާނަށް: މިވަރުގެ ވެރިކަމަކާއި ރަސޫލާއާއި އަޅާއި ކިޔުން ބަލައެއް ނުގަނެވޭ

ޝިދާތާ އިމްރާނަށް: މިވަރުގެ ވެރިކަމަކާއި ރަސޫލާއާއި އަޅާއި ކިޔުން ބަލައެއް ނުގަނެވޭ

Author
ހުސެއިން
11 ސެޕްޓެމްބަރ 2022 08:15
0

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިންގުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ކޮރަޕްޝަނާއި ފަސާދަ އަދި ބަދުއަޚުލާޤީ އެތައް ކަމެއް، އިހުމާލުން ނުބެލި އޮތްތަން ފެންނާން އެބައޮތް ކަމަށާއި، މިވަރުގެ ސަރުކާރަކާއި ކީރިތި ރަސޫލާއާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭ ކަމުގައި، އެމްއެންޕީގެ އިސް ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތް ހިންގުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ކޮރަޕްޝަނާއި ފަސާދަ އަދި ބަދުއަޚުލާޤީ އެތައް ކަމެއް އިހުމާލުން ނުބެލި. މިވަރު ސަރުކާރަކާއި ކީރިތި ރަސޫލާ ﷺ އާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭ.

ޝިދާތާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި "ވިއަވަތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން، ގުރުއާނުގަައި ބަޔާން ކޮށްފައިވާ ހެޔޮވެރިކަމުގެ ސިފަތަކާއި، މިވެރިކަމުގެ ސިފަތަކާއި އެއްފަދަ ވާކަމަށް މޭރުންކޮށް، ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވާހަކަ ދެއްކެވެމާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒު ވެފައިވަނިކޮށެވެ.

މިއަދު ފެށިގެން ކުރިޔަށް ދިޔަ "ވިއަވަތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވެފައިވަނީ، ވިއަވަތި ކޮންފަރެންސަށް ގިނަބަޔަކު ޖަމާވެ ތިބީ މިވެރިކަމުން، ގުރުއާނުގައި ބަޔާން ކޮށްފައިވާ ރިވެތި އުސޫލުތަކާއި އެ ސިފަތައް އެންމެ ރީތި ގޮތުގައި ފެންނަމުން ދާތީ ކަމުގައެވެ.

މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި، ފުރިހަމަ ގޮތުގައި ފެންނާތީ މިތަނަށް މި އެންމެން އެއްވެ މިތިބީ.

ގުރުއާނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާޅުވެފައި ވެއެވެ.

ބައެއް ނޫސްތަކުގައި، ރައީސް ސާލިހު ކުރައްވަނީ ރަސޫލާ ކުރެއްވިފަދަ ވެރިކަމެއް ކަމަށް އިމްރާން ވިދާޅުވިކަމަށް ރިޕޯޓު ކޮށްފައިވި ނަމަަވެސް، އިމްރާސް ސީދާ އެ އިރާބާރާތުން އަފަދަ ވާކައެއް މި ޖަލްސާގައި ދައްކަވާފައެއް ނުވެއެވެ.

އެހެންނަމަވެސް އިސްލާމީ ރިވެތި އުސޫލަތާއި މި ވެރިކަމުގެ ސިފަތަކާއި އެއްވަރުކޮށް މިސާލު ޖައްސަވާ ވާހަކަ ދައްކަވާފައިވާތީ ގިނަ ބައެއްގެ ފާޑިއުން އިމްރާނަށް އަމާޒުވެފައި ވެއެވެ.

ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ، މިހާރު ކުރިޔަށްދާ އަލަމްގިރި ޝަރީއަތްތަކުގައި، ތުހުމަތުކުރެވޭ ބައެއް ފަރާތްތަކަށް ލުއި އަދަބުތަކެއް ދިނުމުގެ ބޭނުމުގައި، އެ މައްސަލާގައި ތުހުމަތު ކުރެވިފައިވާ މީހުންގެ މައްޗަށް ލުއި ދައުވާތަކެއް ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްރާހިމް ވަހީދު
އިމްރާން އެހެރީ އެމަގާމާއެދި ދީނުން ވެސް ގެއްލި މަގުފުރިދިފަަ
ގ ގޮއްޔެ
ޤުރުއާނުގަ ބަޔާންކޮށްފަ އޮތް ގޮތަށް ކޮން ކަމެއްބާ މި ސަރުކާރުން ކުރީ. ޢެންމެ ފުރަތަމަ މިސަރުކާރުގެ ވެރިމީހާގެ އަނބިމީހާވެސް ހުންނަނީ ޤުރުއާނާ ޚިލާފަށް . ލިވާތު ކުރުމާ ޒިނޭ ކުރުމާ ރާބުއިމާ މަސްތުވުން ފަދަ ކަންތަކުގަ ޤުރުއާނުގަ އޮންނަ ފަދަ އަދަބެއް ނުދޭ . ޢިމްރާނު ތިޔަދައްކަނީ މެއިޑޭގަ ދެއްކި ކަހަލަ ފުލޯކް ވާހަކަ އެދުވަހުވެސް ޔާމީނަކީ ޤާތިލެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކީ.އިންސާނުންގެ ސިފައިގައި ވެސް ޝައިޠާނުން ތިބޭނެ ކަމަށް ބުނާތީ އަހަން.
ޥ ޥ
އިމުރާނުގެސޭހުކަންނަގާފަ ސިދާތާއަޒްދޭންމާރަގަޅެއްނު ސިދާތާނޫނީއެހެންބުނަށްކެރުނުމީހެންވެސްނެތް ހެޔޮވިސްނޭމީހަކުމިާރު އަދާލަތަކުނުތިބޭނެ ހެޔޮވިސްނޭކޮއްމެމީހަކު އެޕާޓީދޫކޮންލާނެ ސުކުރިޔާސިދާތާ