ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކުރީގެ ރައީސް ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދާ، ޔާމިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ހެކި އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ޔާމިން ރިޝަވްތު ގަބޫލު ކޮށްފައި ވާކަމަށާއި، މަނީ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތުކޮށް ދައުލަތުން ކޮށްފައިވާ ދައުވާގައި، ހެކިބަސް ނަގަމުންދާ މަރުހަލާގައި ޔާމިންގެ ދިފާއުގައި މިހާތަނަށް 4 ފަރާތަކުންވަނީ ހެކިބަސް ދީފައެވެ. އެއީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)ގެ އިތުރުން އަބުދުﷲ ރަޝީދު ކިޔާ މީހެކެވެ.
ޔާމިންގެ ކޮށްފައިވަނީ ސައްހަ ޑޮލަރުގެ މުއާމަލާތެއްކަމަށް މި 4 މީހުން ކޯޓުގައި ހެކިބަސް ދީފައިވަނިކޮށް، ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 1 މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޑޮލަރު ވިއްކުމުގެ ސައްހަ މުއާމަލާތެއްކަމަށް ބުނާއިރު، މިމައްސަލައިގެ ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކުންވެސް ތަހްގީގު މަރުހަލާގައި ހަނުތިބެފައި ވާކަމަށެވެ.
އެހެންނަމެވެސް، މި ފަރާތަތަކުން ޔާމިންގެ ދިފާޢުގައި މިހާރު ކޯޓުގައި ހެކިބަސް ދެމުންދާތީ، ހެކި އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އޮތްކަމަށް ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
1 މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޑޮލަރު ވިއްކުމުގެ ސައްހަ މުއާމަލާތެއްކަމަށް ބުނާއިރު، މިމައްސަލައިގެ ތުހުމަތުކުރެވޭ ހުރިހާ ފަރާތްތައް ތަހްގީގު މަރުހަލާގައި ހަނުތިބީ ކީއްވެބާ؟ ހެކި އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތް!
ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ޔާމިންގެ ދިފާއުގައި މިއަދު ހެކިބަސް ދީފައިވަނީ ތިންފަރާތެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)ގެ އިތުރުން އަބުދުﷲ ރަޝީދު ކިޔާ މީހެކެވެ.
މީގެ ތެރެއިން، ދައުލަތުގެ ފަރާތުން ހެކިވެރިޔާއާއި ކުރި ސުވާލުތަކަށް ޖަވާބު ދެމުން އަބުދުﷲ ރަޝީދު ބުނެފައިވަނީ، ޔާމިން ގުޅުއްވާފަ އެގެއަށް ދިއުމަށް އެދުމުން އެގެއަށް ދިޔަ ކަމަށެވެ. އަދި އެއީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރުމަސް ކަން ހަނދާން އެބަހުރި ކަމަށާއި އެހެންނަމަވެސް އެއީ އެމަހުގެ ކޮން ދުވަހަކު ކަމެއް ހަނދާނަކު ނެތްކަމަށެވެ.
ހެކިވެރިޔާއާއި ސުވާލުކުރުމަށް ދައުލަތުގެ ވަކީލުންނަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، އަބުދުﷲ ރަޝީދު ކޯޓުގައި އިތުރަށް ބުނެފައިވަނީ ގ. ދޫވެއްސަށް ދިއުމަށް ޔާމިން އޭނާއާއި ގުޅުއްވި ވަގުތެއްވެސް ހަދާނަކު ނެތްކަމަށެވެ. އަދި އެއީ ރޭގަނޑުކަމެއް ދުވާލުކަމެއްވެސް އޭނާގެ ހަނދާނަކު ނެތްކަމަށްވެސް ކޯޓުގައި އެނާ ބުނެފައި ވެއެވެ.
މިއަދު ދެވަނައަށް ކޯޓުގައި ހެކިބަސް ދީފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ. އޭނާ ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ، އެއް މިލިއަން ޑޮލަރު ގަތުމަށް ޔާމިން މުހައްމަދު އިސްމާއިލަށް ގުޅީ އޭނާ މުހައްމަދު އިސްލާއިލްގެ ކައިރީގައި އިންދާ ކަމުގައެވެ. މުހައްމަދު އިސްމާއީލްއަކީ، ޔާމިންއަށް 1 މިލިއަން ޑޮލަރު ހޯދައިދިން ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދީފައިވާ ދިފާއީ ހެއްކެކެވެ.
ޝާޑު ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ، ޑޮލަރު ހޯދުމަށް މުހައްމަދު އިސްމާއިލް 5 ވަރަކަށް މީހުންނަށް ގުޅިކަން އޭނާއަށް އިގޭ ކަމަަށާއި، އޭގެ ތެރޭގައި ޔޫސުފް ނައީމް ހިމެނޭ ކަމުގައެވެ. އެހެންނަމަވެސް، ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، ޔޫސުފް ނައީމް ފިޔަވާ ދެން ގުޅި އެއްވެސް ފަރާތެއްގެ ނަމެއް ހެކިބަސް ދެމުން ޝާޑު ބުނާކަށް ބޭނުމެއް ނުވިއެވެ.
މިމައްސަލާގައި މިއަދު ވަނީ ތިން މީހެއްގެ ހެކިބަސް ނަގާފައެވެ.
2 Responses
ބަލަ ހެކިވެރިޔާ ހެކި ދިނީމާ ބާގީ އަދި ޑރ އައްޝަހީދު އަފްރާޝީމި ގާތިލުން ފޮރުވުމަށްޓަކައި ފުލުސްއޮފީހުގެ ހުރި ހެކިތައް ނައްތާލައި ވަގުތު ޖެހުނީމަ ހާމަކުރާނެ ކަމަށް ބުނި މުޖްރިމް ކީކޭ ކިޔަންބާ މިއުޅެނީ.
ޙަޤީގަތުގައިވެސް މިބާޢީ ރިޔާޒަކީ މަރްޙޫމް ޑރ.ޢަފްރާޝީމްގެ މަރުގެ މައްސަލައިހެކިތައް ފޮރުވާލި މީހާ، ވަގުތުޖެހުނީމާ ހާމަކުރާނަމޭ ކިޔާފަ ދެން ނޭގުނު މިހާރުގެ ހޯމްމިނިސްޓަރު އިމްރާނުއަތަށް ނޫންކަމަށްދިނީ އިމްރާނު މޭޑެގަ ބުންޏޭ މިހިރީ އެތައްސޮފްޙާއެއްގައި ފުލުސްއޮފީހުގައި ކުރިތަޙްޤީޤުބަޔާނޭ ކިޔައި އޭފޯރީމެއްގެ ގަނޑުތައް އުކަމުން ދިޔަ. ކޮންމެއަކަސް މިކަހަލަ ކަންތައް ކުރީމާ މުނާފިޤުވަނީ. އެކަމުވެސް އަމިއްލަފުޅަށް ތަސައްވުރެއްނުވޭތާ ނޭގިހުއްޓާ އެކްސްޕޯސް ކޮށްލެވެނީ ނޫނީއޮރިޔާން ވެވޭއިރުވެސް. ބޯހަލާކު 272 ދެމީހުންގެ ހިއްސާވަނީ ރައިސްޔާމީންގެ ދައުރުގައި އެމްއެމް ޕީއަރުސީގެ ފައިސާލޯންޑަރކޮށް ވޯޓުގަންނަން. 2/3 ގައި އެމްޑީޕީގެ މަތީފުށުން ދަށަށް. މިކަމާހުރެ މިމައްސަލަ ނުބަލައި ޔާމީން ކަތިލާން ނިިކުމެމިއުލެނީ