ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2022 01:21
0

ހުވަދު އަތޮޅުގައި ހިންގަމުންދާ ރޮބިންސަން ކްލަބް މޯލްޑިވްސްގައި މަސައްކަތް ކުރަމުންދާ ދިވެހި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސ.ހިތަދޫ އަށް އުފަން އުމުރުން 35 އަހަރުގެ އަލީ ޝާހުއެވެ. އޭނާ މަރުވެފައިވަނީ ހާޓް އެޓޭގެއް ޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޝާހުގެ ކަށުނަމާދު މިރޭ އިޝާނަމާދަށްފަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަށިގަނޑު އުފަން ރަށް ސ.ހިތަދޫއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިޒުވާނާ މަރުވެފައިވާއިރު، ރޭގައިވެސް ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ޒުވާނަކުވެސް ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. މިފަހުން ރާއްޖޭގައި ކުއްލި މަރުތައް ގިނަވެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ގިނަ މީހުން ކުއްލި މަރުތަކުގައި މަރުވެފައިވަނީ ހާޓް އެޓޭގެއް ޖެހިގެންކަމަށް މަރުވާފަހުން ބަލާ ބެލުންތަކުން އެގިފައިވެއެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.