އަޅާ ހެދުމަކުން ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މާލޭގެ މަޖީދީ މަގުން ހިނގާފައިދިޔަ އަންހެނަކާ ދިމާލަށް "ނިންޖާ" އޭ ބުނެ، މީހަކު ފޮށިފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޅާފައި ހުންނަ ހެދުމާއި ގުޅުވައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ވަކިން ޚާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިގާބުވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެކަމެއް ނޫންކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.
އަޅާފައި ހުންނަ ހެދުމާއި ގުޅުވައިގެން ފުރައްސާރަ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން. ވަކިން ޚާއްސަކޮސް އިސްމާލީ މުޖުތަމައުގައި ނިގާބުވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއްނޫން. މިފަދަ މައްސަލަތައް ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މަޖީދީ މަގުން ދިޔަ މޫނު ބުރުގާ އަޅާ އަންހެނަކާއި މީހަކު ފޮށިފައިވާއިރު، މާލޭގެ މަގުތަކުން ހިނގާފައިދަ ނުވަތަ ސައިކަލުތަކުގައި ދާ އަންހެނުންނާއި ބެހުމަކީ އާންމު ކަމެކެވެ. ނަމަވެސް މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ދާކަމީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާކަމެކެވެ.
ކޮމެންޓު ފޮނުވާ