އަތިޔާ އާއި ރަހުލްގެ ކައިވެނި މި އަހަރު ޑިސެމްބަރުގައި

އަތިޔާ އާއި ރަހުލްގެ ކައިވެނި މި އަހަރު ޑިސެމްބަރުގައި

Author
ފާތިމަތު ނާވީ
08 ސެޕްޓެމްބަރ 2022 11:17
0

ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝޭޓީގެ ކައިވެނި މި އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ކުރެވޭނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.

އަތިޔާ އާއި ކުރިކެޓް ކުޅުން ތެރިއެއް ކަމުގައިވާ ކޭއެލް ރާހޫލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިންއަހަރެއްހައި ދުވަސް ވެއްޖެ ކަމަށް ހަބަރުތަށް ބުނެއެވެ. އަދި ހަމަ އެހެންމެ އެމީހުން އަންނަނީ ވަރަށް އަވަހަށް ކައިވެނި ކުރުމަށް ތައްޔާރު ވަމުން ކަމަށްވެސް ވެއެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

ހަބަރުތަސް ބުނާ ގޮތުގައި އެކައިވެންޏަށް ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން މިހާރުން ސުރެ އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ކައިވެނި ކުރާނެ ތަނެއް ވެސް މިހާރު ހަަމަޖައްސައިފައި ވާކަަމަށް ވެއެވެ.

އެގޮތުން އަތިޔާގެ ކައިވެނި އޮންނާނީ ކަންޑާލާ ގައި ހުންނާ ސުނިލް ގެ ބަނގަލޯގައި ކަމަށް މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by KL Rahul👑 (@klrahul)

ނަމަވެސް މިކަމާއި ގުޅޭ ގޮތުން އަދި އެއްވެސް ހަބަރެއް ހަށަވަރެއް ނުވެއެވެ. މި އަހަރު ދޭތެރެ ދޭތެރެއިން އަތިޔާ އާއި ރާހުލް ގެ ކައިވެނީގެ އަޑު ގަދަވެއެވެ.

އަތިޔާ ވަނީ 2015 ވަނަ އަހަރު ފިލްމް "ހީރޯ" އިން ބޮލީވުޑް އަށް ތައާރަފް ވެފަައިއެވެ. މިހާތަނަށް 4 ފިލްމް ކުޅެފައިވާ ބަތަލާއަކީ ބޮލީވުޑްގައި މާ ކާމިޔާބު ހާސިލް ކުރެވުނު ތަރިއެއް ނޫނެވެ. އެންމެ ފަހުން އޭނާގެ ފިލްމް އެއް ރިލީޒް ކުރީ 2019 ވަނަ އަހަރު "މޯތީޗޫރް ޗަކްނާޗޫރް" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.