ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖަހާތީ ޤާޞީގެ އިންޒާރެއް!

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖަހާތީ ޤާޞީގެ އިންޒާރެއް!

ގުޅުންހުރި

ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި، އެފައިސާ ލޯންޑާ ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތުގެ މިއަދުގެ އަށޑު އަހުމުގައި ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖެހުމުން ގާޒީ ދައުލަތުގެ ވަކީލުންނަށް އިޒާރެއް ދެއްވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

މި އަދުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

މިއަޑު އެހުމުގައި ދިފާއީ ވަކީލުންގެ ސުވާލު ތަކަށްފަހު ދައުލަތަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ދައުލަތުގެ ވަކީލު އައިމިނަތު ޝަހުމާ ހީ ސަކަރާތް ޖަހައި، ދައުލަތުގެ އަނެއް ވަކީލުގެ އަތުގައި ހިފައި ހެދުމުން މައްސަލަ ބައްލަވާ ޤާޞީ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހި ވަޑައިނުގެތް ދައުލަތުގެ ވަކީލުންނަށް ނަސޭހަތާއިއެކު އިންޒާރު ދެއްވާފައެވެ.

މިމައްސަލަ ބައްލަވާ އިސް ޤާޞީ ޝަހީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫންކަމަށެވެ.

ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮށްޓާ ހީސަކަރާތް ޖެހުމުގެ މަޖިލީހެއް ނޫން. އެފަދަ އަމަލުތައް ކުރައްވާނަމަ ޝަރީއަތުން ޖެހޭނީ އެ ވަކީލަކާއި ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅަން.

– ގާޞީ ޝަކީލް ވިދާޅުވިއެވެ.

މިމައްސަލައިގާ އިއްޔެ ވަނީ ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައެވެ. މިހާރު ކުރިއަށް ދަނީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަންކަމައްތަސައްރަފުނުފުދޭޭ ވިޔާނުދާއުޅުންއުޅޭޭ ބޭކާރުމީހުންނައްް ފަޒީފާތައްބަހަންފެށީމަަ ވާގޮތްތިފެންނަނީީ ހީވިކަހަލަަ ފިރިމީހާާ އެންއަނބެއްގެެ ފަހަތުންދާންފެށީމަަ އަތުގާހިފައިގެންދަމަނީއޭޭ އެހެންނޫނަސްް ވަރައްް ގޯޅިި ކޮއްއުޅޭގޮތަކައްދޭހަވޭޭ ކަޑަދޯޯ ނޫނީީ ގޮތްހުސްވެެ ވާނުވާނޭގޭހެންވަރައްހީވިި ކޮންމެއަކަސްް ވަރައްއާޓިސްޓިކުު ހުށަހެޅުންތަކެއްކަންފެންނަފެނުމައްް ގަބޫލުކުރެވޭޭ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ