"ދުލްހޭ ރާޖާ" ގެ ރައިޓްސް ޝާހުރުކު ޚާން ގަނެފި

"ދުލްހޭ ރާޖާ" ގެ ރައިޓްސް ޝާހުރުކު ޚާން ގަނެފި

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2022 05:40
0

1998 ގައި ގެެނެސްދިން ވަރަށް ކާމިޔާބު ފިލްމް އެއް ަކމުގައިވާ "ދުލްހޭ ރާޖާ" ގެ ރައިޓްސް ބޮލީވުޑްގެ ސުޕަރސްޓާރު ޝާހްރުކް ޚާން ގަނެފި އެވެ.

މި ފިލްމަކީ މަޝްހޫރު އެކްޓަރު ގޯވިންދާ އާއި ބަތަލާ ރަވީނާ ޓަންޑަންގެ ކާމިޔާބު ފިލްމުތަކުގެ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާ ފިލްމްއެކެވެ. މީގެ ކާސްޓްގައި ކުރީގެ އެކްޓަރު ކާދަރު ޚާނާއި ޖޯނީ ލީވާ އާއި ޕްރޭމް ޗޯޕްޅާ އާއި އާސްރާނީ ވެސް ހިމެނެ އެވެ.

ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން "ދުލްހޭ ރާޖާ" ގެ ރައިޓްސް ހޯދުމަށް ފަހު، އޭގެ ސްކްރީން ޕްލޭ މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އައު ފިލްމުގެ ސްކްރީން ޕްލޭ ލިޔަނީ ސްކްރީން ރައިޓަރު/ޑައިރެކްޓަރު ފަރުހާދު ސަމްޖީއާއެވެ.

ފަރުހާދު މި އަހަރު އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކީސީ ކާ ޖާން" ގެ މަސައްކަތްކުރަމުންނެވެ. އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މާޗްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އެވެ.

"ދުލްހޭ ރާޖާ" ގެ ރައިޓްސް ޝާހްރުކް ހޯދައި، އެ އަސްލަކަށް ބަލައިގެން ފިލްމެއް ހަދަން ނިންމާފައި އޮތް ނަމަވެސް މިއާއި ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.