ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްތަކަށް ބަލައިގެންނޫން، ޤާނޫނާއި އެއްގޮތަށް: ޝަކީލް

ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްތަކަށް ބަލައިގެންނޫން، ޤާނޫނާއި އެއްގޮތަށް: ޝަކީލް

ގުޅުންހުރި

ޝަރީއަތް ކުރިއަށް ގެންދަނީ، ޝަރީއަތުން ބޭރުން ހިނގާ ކަންކަމަށް ބަލައިގެން ނޫންކަމަށާއި، ޤާނޫނުތަކާއި އެއްގޮތަށް ކަމުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޞީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ އާރަށުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުގެ ހެކިބަސް ނެގުމަށް މިއަދަށް ތާވަލް ކުރި އަޑުއެހުން ފެށުމުގެ ކުރިން ދިފާއީ ވަކީލުން ވަނީ މިމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ޒިޔަތާއިއެކު ދައުލަތުން ހަދާފައިވާ އިއުތިރާފް އެއްބަސްވުމަކާއި ގުޅޭ ސުވާލުތަކެއް އުފައްދަވާފައެވެ.

ދިފާއީ ވަކީލުން ވަނީ މިއަޑުއެހުން ފެށުމުގެ ކުރިން ނޫހެެއްގައި ލިޔެފައިވާ އާޓިކަލްއެއްގައި މިއެއްބަސްވުމާއި ގުޅޭގޮތުން ސުވާލު އުފެދޭ އެތައްކަމެއް ފާހަގަކޮށްފައިވާތީ އެކަންކަމަށް ރިއާޔަތްކޮށް އެއްބަސްވުން ދިފާއީ ވަކީލުންނާއި ހިއްސާ ކުރެއްވުމަށް އެދިފައެވެ. އަދި އެ އެއްބަސްވުން ލިބުމަށްފަހު ނޫނީ މި ހެކިވެރިންގެ ހެކިބަސް ނުނެގުމަށް ދިފާއީ ވަކީލުން ވަނީ އެދިފައެވެ.

ދިފާއުން ފާހަގަކުރި ނުކުތާތަކާއި ގުޅިގެން މިމައްސަލަ ބައްލަވާ އިސް ޤާޞީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި މައްސަލަތައް ކުރިއަށް ގެންދަނީ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށެވެ. އެއްވެސް ހާލެއްގައި ނޫސް މަޖައްލާތަކުގައި ޝާއިރުކުރާ ޚަބަރުތަކަށް ބަލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޝަރީއަތުން އަމަލު ކުރާނެ ގޮތެއް ނޫންކަމަށެވެ. ޤާޞީ ވިދާޅުވީ މައްސަލަތަކުގައި އިއުތިޒާރު ހުށަހެޅުމާއި އިއުތިރާޒު ކުރުމާއި މިކަންތައްތަކެއް މަރުހަލާތަކެއް ކަނޑައެޅިފައިވާކަމަށެވެ. މައްސަލަ ހުށަހެޅިގެ އެކި މަރުހަލާތައް ކުރިއަށް ދިޔައިރުވެސް ދިފާއީ ވަކީލުން ފާހަގަކުރި އެއްބަސްވުމެއް ހެދިފައިވާކަމަށް ދިފާއުން ގަބޫލު ކުރައްވާއިރު، އެއީ މިމައްސަލައާއި ގުޅިގެން ހެދިފައިވާ އެއްބަސްވުމަކަށް ނުވާނަމަ މިއެއްބަސްވުމާއިމެދު ގޮތެއް ކަނޑައެޅުމަކީ މި ޝަރީއަތުން ކަނޑައަޅަންޖެހޭ ކަމެނޫންކަމަށް އިސް ޤާޞީ ޝަކީލް ވިދާޅުވިއެވެ.

ޝަރީއަތް ކުރިއަށް ގެންދަނީ ނިއުސް އާޓިކަލްތައް ބަލައިގެން އޭގެ އޮންނަ ގޮތަށް ފޮލޯ ކޮށްގެނެއްނޫން. ޖިނާއީ އިޖުރާތު ޤާނޫނު އެބައޮތް. ގަވާއިދު އެބައޮތް. ދެންވެސް އެއާއި ގުޅުންހުރި ޤާނޫނު އެބައޮތް. މިޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް މިދަނީ. އެހެންކަމުން އާޓިކަލްއެއް އޮންނަ ގޮތަކުން ހިނގަމުންދާ ޝަރީއަތަކަށް އަސަރު ކުރާނެކަމެއް ޝަރީއަތުން ނުދެކެން.

– ޝަކީލް ވިދާޅުވިއެވެ.

ޤާޞީ ޝަކީލްވަނީ މިމައްސަލާގައި ޝަރީއަތް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ، ދައުލަތުން ހުށަގެޅި ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް ނިންމާފައެވެ. އަދި މެންދުރު ކުރީގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ  ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ