"ތޭޖަސް" އަށް އާ ތާރީހެއް

"ތޭޖަސް" އަށް އާ ތާރީހެއް

Author
ފާތިމަތު ނާވީ
08 ސެޕްޓެމްބަރ 2022 08:38
0

މިއަންނަ އަހަރު އެޅުވުމަށް ތާވަލް ކޯށްފައިވާ ކަންގަނާ ރަނާވަތުގެ ފިލްމް "ތޭޖަސް" އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ. ކުރިން ތޭޖަސް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިއޮތީ 2023 ގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

ނަމަވެސް ފިލްމް ވަނީ އެޅުވުން އަވަސް ކޮށްލައިފައިއެވެ. ނަމަވެސް އަޅުވާ ދުވަސް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް 2023 ގެ ޖެނުއަރީ އަށް ފިލްމް މިހާރު ވަނީ ކުރިއަށް ޖައްސައިލައިފައިއެވެ.

އެއާފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ހަދާ މި ބަޔޮޕިކްގައި ކަންގަނާ ފެނިގެންދާނީ ތޭޖަސްގެ ރޯލުންނެވެ. މިއީ ވަރަށް ހިތްވަރުގަދަ ޕައިލެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ސަރްވޭޝް މެވާރާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު، ކާމިޔާބު ވުމަކީ ކަންގަނާއަށް ވަަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އޭނާގެ އެންމެ ފަހުގެ ފިލްމް "ދާކަޅް"ބޮޑު ފްލޮޕް އަކަށް ވުމެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ކަންގަނާ އަންނަނީ ފިލްމަކުފުލު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ވަރުގަދަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. ކޯވިޑް-19 އަށް ފަހު އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ތަރިއަކީ ކަންގަނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.