"މެގަ ބްލޮކްބަސްޓާ" ގައި ކަޕިލް އާއި ދީޕިކާ

"މެގަ ބްލޮކްބަސްޓާ" ގައި ކަޕިލް އާއި ދީޕިކާ

އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން ކަޕިލް ޝަރްމާ އާއި މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ހިމެނޭ ޕްރޮޖެކްޓެއް އިއުލާން ކޮށް އޭގެ ޓަރެއިލާ ނެރޭ ދުވަސް އިއުލާން ކުރުމުން އެންމެ ތިބީ ކެތް މަދުވެފައިއެވެ.

"މެގަ ބްލޮކްބަސްޓާ" ގެ ނަން ދީފައިވާ ޕްރޮޖެކްޓުގައި މި ދެމީހުން ފެނިގެންދާނެ ގޮތުގެ ޕޯސްޓަރެެއް ވަނި ދެމީޙުންގެ އިންސްތަގްރާމްގައި ވެސް ހިއްސާ ކޮށްފައިއެވެ. ނަމަވެސް މިއީ އިޝްތިހާރެކެވެ. މިހާރު އިޝްތިހާރު ވަނީ ދައްކަިއލަިއފައިއެވެ.

ނޭގުމެއްގެ ތެރޭގައި ތިބި ފޭނުންނަށް މި އިޝްތިހާރު އެހާ ކަމަކު ނުދިއައެވެ. ކަޕިލް އަކީ އަބަދުވެސް ދީޕިކާ އަށް މަރުދޭ އޭނާގެ އެންމެ ބޮޑު ފޭންގެ ގޮތުގައި ދައުވާ ކުރާ އެކަކެވެ. ނަމަވެސް އިޝްތިހާރުވެސް ދެމީހުން އެކުގައި ދައްކައިވެސް ނުލައެވެ.

މީ ރަންވިރު ވެސް ހިއްސާވި އިޝްރިހާރެކެވެ. ދީޕިކާ އާއި ކަޕިލް ގެ އިތުރުން  ރަޝްމިކާ މަންދަނާ އާއި ޓްރިޝާ ކްރިޝްނަން އާއި ކާތީ އާއި ކްރިކެޓް ތަރި ރޯހިތު ޝަރުމާވެސް ވަނީ މި އިޝްތިހާރުގައި ފެނިގެން ގޮސްފައިއެވެ.

"މެގަ ބްލޮކްބަސްޓާ" ގައި ކަޕިލް ހިއްސާވާ އިރު، އޭނަގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަން މި މަހުގެ 10 ގައި ސޮނީ ޓީވީން ޕްރީމިއާކުރާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *