"ޓީޗާސް ޑޭ"އަށް ރާދިކާ އާއި ނިމްރަތު

"ޓީޗާސް ޑޭ"އަށް ރާދިކާ އާއި ނިމްރަތު

Author
ފާތިމަތު ނާވީ
06 ސެޕްޓެމްބަރ 2022 08:16
0

ޕްރޮޑިއުސަރ ދިނޭޝް ވިޖަން "ޓީޗާސް ޑޭ"ގެ ނަމުގައި ފިލްމެއް ހަދަން އިއުލާން ކޮށްފިއެވެ.

ވީޑީއޯ ކޮޅަކާއި އެކުގައި މި ފިލްމު އިއުލާން ކޮށްފައި ވާއިރުގައި ފިލްމުގެ ލީޑު ތަރިންވެސް ވަނީ އިއުލާން ކޮށްފައެވެ.

މި ފިލްމަކީ ޓީޗަރުންނަށް ދިމާވާ މައްސަލަތަކާއި، ގުޅޭގޮތުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ލީޑުން ފެނިގެންދާނީ ރާދިކާ މަދަން އާއި ނިމްރަތު ކޯރްއެވެ.

ފިލްމު ސިނަމާތަކަށް ގެނަައުމަށް ތާވަލް ކޮށްފައިވަނީ 2023ގެ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. އެއީ ޓީޗަރުންގެ ދުވަސް ވެސް މެއެވެ.

 

View this post on Instagram

 

A post shared by Radhika Madan (@radhikamadan)

މެޑް ޑޮކް ފިލްމްސްއިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ މިކިލް މުސާލޭއެވެ. އަދި މިހާތަނަށް ފިލްމުގެ އިތުރު ތަރިން އިއުލާނެއް ނުކުރެއެވެ.

ނިމްރަތު އެންމެ ފަހުން ވެސް ފެނިގެންދިޔައީ މިފަދަ ފިލްމަ އަކުންނެވެ. އެއީ "ދަސްވީ"އެވެ. އެ ފިލްމުގައި އަބިޝޭކް ބައްޗަންގެ އިތުރުން ޔަމީ ގޯތަމް ވެސް މުހިންމު ރޯލުތަކުން ފެނިގެން ދިއައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.