"ބްރަމަސްތުރާ" 8000 ސިނަމާއެއްގައި ރިލީޒް ކުރާނެ

"ބްރަމަސްތުރާ" 8000 ސިނަމާއެއްގައި ރިލީޒް ކުރާނެ

ބޮޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕުރުގެ އަލަތު ފިލްމް "ބްރަމަސްތުރާ" 8000 ސިނަމާއެއްގައި އަޅުވާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު ފިލްމް ރިލީޒް ކުރާއިރުގައި އިންޑިއާގެ 5000 ސިނަމާއެއްގައި ފިލްމް އަޅުވާނއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅޫ ތަކުން 3000 ސިނަމާއެއްގައި ފިލްްމް ރިލީޒް ކުރާނެއެވެ. މީ މިފަދަ ގޮތަކަށް ބޮލީވުޑްގެ ފިލްމް އެއް ރިލީޒް ކުރާ ފުރަތަމަ ފަހަރެވެ.

ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އާލިއާ އާއި ފިލްމްގެ ޓީމުން މިހާރު އަންނަނީ ފިލްމް ގެ ޕްރޮމޯޝަންތަށް ވަރަށް ވަރުގަދަ ކުރަމުންނެވެ. އަދި ތަފާތު އިވެންޓް ތަށް އަންނަނީ ބާއްވަމުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ ފިލްމްގައި ސައުތުގެ މަޝްހޫރު އެކްޓަރު ނާގަ އަރުޖުނާ އަކިނޭނީވެސް މުހިންމު ރޯލެއް ކުޅެއެވެ. އެހެން ކަމުން ސައުތުގެ އޭލިސްޓްގެ ތަރިންނާއި ޑައިރެކްޓަރުން އަންނަނީ ފިލްމް ޕްރޮމޯޓް ކުރުމުގައި ބައިވެރި ވަމުންނެވެ.

ފިލްމްގެ ކާސްޓޫގައި މެގަ ސްޓާ އަމިތާބް ބަޗަން އާއި ޒުވާން ބަތަލާ މޯނީ ރޯއީ ވެސް މުހިންމު ރޯލެއް އަދާ ކުރެއެވެ. ފިލްމް އަކީ މިއަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ވެސް މެއެވެ. އަދި ހަމަ އެހެންމެ ފިލްމް އަކީ މިހާތަށް އިންޑިއާގައި ހެދި އެންމެ އަގު ބޮޑު ފިލްއެވެ.

މިހާތަނަށް ރިލީޒް ކުރި ބޮލީވުޑް ގެ އޭލިސްޓްގެ ވަރުގަދަ ތަރިންގެ ފިލްމް ތަށް ދިއައީ ފެނަށެވެ. ބަލަން ވަންނާނެ މީހަކު ނުވެ ފްލޮޕް ބޮޑު ވަނީ އަޅުވައިފައިއެވެ. ފިލްމް ފްލޮޕް ވެއްޖެ ނަމަ އެ ފިލްމްއަށް ވަށް ބޮޑު ގެއްލުންދައްކާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *