ފިލްމް ފްލޮޕް ވުމުގެ ޒިންމާ އާމިރު ނަގައިފި

ފިލްމް ފްލޮޕް ވުމުގެ ޒިންމާ އާމިރު ނަގައިފި

ބޮލީވުޑްގެ ޕާފެކްޝަނިސްޓް ގެ ގޮތުގައި މަޝްހޫރު އާމިރު ހާންގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމުގެ ޒިންމާ ނަގާ ކަމަށް އާމިރު ބުނެފިއެވެ.

"ލާލް ސިންގް ޗައްޑާ"ގައި އެކްޓްކުރުމުން އާމިރަށް ލިބެން ޖެހޭ 100 ކްރޯޑު ރުޕީސްގެ ފީ އޭނާ އެ ފިލްމުގެ ޕްރޮޑިސަރު ކަމަށްވާ ވައަކަމް 18 ސްޓޫޑިއޯޒް އިން ނަގައިފިނަމަ އެ ސްޓޫޑިއޯ އަށް 100 ކްރޯޑުގެ ގެއްލުމެއް ވާނެތީ އޭނާ އެ ނުނެގުމަށް ނިންމައިފައިވާ ކަމަށް ހަބަރުތަށް ބުނެއެވެ. އެހެން ކަމުން ސްޓޫޑިއޯ އަށް ލިބޭނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށްވެސް ހަބަރުތަށް ބުނެއެވެ.

މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. އަދި ހަމަ އެހެންމެ މިއީ އޭނާ 4 އަހަރަށް ފަހު އެބުރި އައުން ވެސް ފާހަގަ ކުރި ފިލްމް ވެސް މެއެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައީ 2018 ގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" އިންނެވެ.

ފިލްމް އަޅުވަށް ހަފްތާއަކަށް ވީ ތަނާ ފިލްމް ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕެއިނގް އެއް ސޯޝަލް މީޑީއާގައި ފެށިއެވެ. އެކަމާއި އާމިރު ވަނީ ފިލްްމް ބަލަން ދިއުމަށް ވެސް އެދިފައިއެވެ. އަދި ފިލްމް ނުހިގައިފާނެތީ ބިރުން ނުނިދޭ ކަމަށް ވެސް އާމިރު ބުނެފައި ވެއެވެ.

މިއަހަރު ރިލީޒް ވި ގިނަ ފިލްމް ތަކެއް ވީ ފްލޮޕްއެވެ. މި ފިލްމަކީ އާމިރުގެ ހިތާ ގުޅިފައިވާ އޭނާގެ ހަތަރު އަހަރުގެ ބުރަ މަސައްކަތް އެކުލެވޭ ފިލްމަކަށް ވާތީ ފިލްމު ފްލޮޕްވުމުން އެންމެ ފުން އަސަރެއް ކޮށްފައިވަނީ ވެސް އާމިރަށެވެ. ފިލްމް ފްލޮޕް ވުމާއި އެކު އާމިރު ވަނީ 2 މަސް ދުވަހުގެ ބްރޭކެއް ވެސް ނަގައިފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *