32 ޤައިދީން މުޖުމައުއަށް ނެރުނުން ޢިމްރާން ސިފަކުރީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި

32 ޤައިދީން މުޖުމައުއަށް ނެރުނުން ޢިމްރާން ސިފަކުރީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީއެއް ޝަރުތުތަކަކާއެކު އެމީހުންގެ ޢާއިލާތަކާ ހަވާލުކުރުން އެއީ ބޮޑު ކާމިޔާބީއެއްގެގޮތުގައި ހޯމް މިނިސްޓަރ ޢިމްރާން ސިފަކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ރާއްޖޭގެ ތާރިޚުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓީޝާން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން މުޖުމައުއަށް ރީ އިންޓެގްރޭޓް ކުރުމަކީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމނައު ސަލާމަތްކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއްކަމަށެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ޤައިދީއެއް ޝަރުތުތަކަކާއެކު އެމީހުންގެ ޢާއިލާތަކާ އިއްޔެ ވަނީ ހަވާލުކޮސްފައެވެ. ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މިޕްރޮގްރާމްގެ ބައިވެރިން 1 އަހަރު ދުވަހުގެ މުއްދަތައް ޝަރުތުކުރެވި މޮނިޓަރ ކުރެވެމުންދާނެކަމަށެވެ.
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ބައިވެރިން އާއިލާއާ ހަވާލުކުރުމުގެ ކުރިން މިނިސްޓް އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިސަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ފުރަތަމަ ފަހަރަށް ތަޢާރަފްކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްފަހު މުޖުތަމައުއަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިއުމެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްދަނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން، ރިސްކް އެސެސްމަންޓް އަދި އާފްޓަރކެއަރ ސަރވިސްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *