އެއާޕޯޓުގެ ސީލިން ފަޅާލައިގެން، ފިލި މީހާ ހޯދަން އިއުލާނު ކޮށްފި

އެއާޕޯޓުގެ ސީލިން ފަޅާލައިގެން، ފިލި މީހާ ހޯދަން އިއުލާނު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ސެޕްޓެމްބަރ 2022 08:52
0

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން މިއަދު ފިލި ބިދޭސީ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުން، 26 މިއަދުގެ ފަތިހުގެ ވަގުތެއްގައި ފިލާފައިވަނީ، އެ ސެންޓަރުގެ ސީލިން ފަޅާލައިގެނެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށް ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލުމާތެއް އެނގޭނަމަ އެއިދާރާއަށް ހިއްސާ ކުރުމަށް އެދިފައެވެ.

މިތުން މިދިޔަ ބުދަ ދުވަހު ރާއްޖެ އައުމުން ރާއްޖެއަށް އެތެރެވިޔަ ނުދީ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ އޭނާ އަކީ މީގެ ކުރިން ރާއްޖޭގައި އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހަކަށް ވާތީއެވެ.

ނަމަވެސް އޭނާ ޑީޕޯޓް ކޮށްލީ ކޮން މައްސަލައެއްގައި ކޮންއިރަކު ކަމެއް އަދި ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ކޮބާ ކެމެރާތައް?