ސިލްސިލާ އެއްގެ ގޮތަށް ގެނެސްދެމުން އަންނަ ފިލްމް "ޑޮން"ގެ ތިން ވަނަ ބައިން އެ ފިލްމްގެ ލީޑުން ފެނިގެންދިއަ ސުޕަރ ސްޓަރ ޝާހުރުކް ޚާން ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
2006 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޑޮން" އާއި 2011 ވަނަ އަހަރު ރިލީޒް ކުރި ފިލުމު "ޑޯން 2″ އަކީ ޝާހުރުކްގެ އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރެއިން ދެ ފިލްމެވެ.
ބޮލީވުޑް ހަންގާމާއިން ބުނި ގޮތުގައި ފަރުހާން އަހްތަރު ލިޔެ، ޑައިރެެކްޓްކުރާ މި ސީރީޒްގެ ތިން ވަނަ ފިލްމު ހުށަހެޅުމުން ޝާހްރުކް ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.
ސަބަބެއް ކަމަށް އެ ނޫހުން ބުނެފައިވަނީ މިވަގުތު އޭނާ އާ ކެރެކްޓާ ތަކެއް ކުޅެން ބޭނުން ވުން ކަމަށެވެ. ނަމަވެސް މި ޚަބަރަކީ އަދި ކަށަވަރު ޚަބަރެއް ނޫނެވެ. ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
ޝާހް މިހާރު އެންމެ ބިޒީކޮށް އުޅެނީ އޭނާ މިހާރު ސިނަމާއަށް އެނބުރި އައުން ފާހަގަ ކުރާ ފިލްމު "ޕަތާން"ގެ މަސައްކަތުގައެވެ.
"ޕަތާން" ގެ ލީޑުން ޝާހާ އެކުގައި ފެނިގެން ދާނި މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯންއެވެ. މި ދެތަރިން ވަނީ އެކުގައި ކާމިޔާބު ފިލްމު ތަކެއްގައި މަސައްކަތް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ