މި އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުގައި ސިނަމާ ތަކުގައި އެޅުވި ފިކްމް "އެކް ވިލަން ރިޓާންސް " ނެޓްފްލިކްސް އިން ދައްކަން ތައްޔާރު ވެއްޖެއެވެ.
މި ފިލްމް ނެޓްފްލިކސް އިން ޕްރިމިއާ ކުރާނާ މިމަހުގެ 9 ވަނަ ދުވަހުގައިއެވެ. އެކްޝަން ތުރިލާ "އޭކް ވިލަން ރިޓާންސް" ގެ ޑައިރެކްޓަރަކީ މޯހިތު ސޫރީ އެވެ.
ބޮކްސް އޮފީހުގައި ފިލްްމް އަށް މާގަޅު ކާމިޔާބެއް ހޯދިފައި ނުވާ މި ފިލްމް ގެ ކާސްޓުގައި ހިމެނެނީ ޖޯން އަބްރަހަމް، އަރުޖުން ކަޕޫރު، ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ އެވެ.
މި ފިލުމު ޕްރޮޑިއުސް ކޮށްފައިވަނީ އެކްތާ ކަޕޫރާއި، ޝޯބާ ކަޕޫރު، ބުޝަން ކުމާރު، ކުރިޝަން ކުމާރުއެވެ. ސިނަމާގައި ފިލްމް ނުހިނގި ކަމުގައިވިޔަސް ފިލްމް ގައި އެކްޓަރުން ދައްކުވައިދިން އެކްޓިން ކަމުދާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައިއެވެ.
މި ފިލުމަކީ 2014 ވަނަ އަހަރު ނެރުނު "އެކް ވިލަން" ގެ ދެވަނަ ބައެވެ. މިއީ ސިދާތު މަލޯތުރާއާއި ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކް ފެނިގެންދިއަ ފިލްމްއެކެވެ. ރިތޭޝް ވިލަން އެއްގެ ރޯލުން ފެނިގެންދިއަ މި ފިލްމް އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާފައިވާ ފިލުމެކެވެ.
ކޮމެންޓު ފޮނުވާ