ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ވަނީ ނިމިފައި ވާކަމަށެވެ.
Final shipment of precast concrete blocks required for quay wall construction for Ha. Dhihdhoo Harbor Extension and Jetty Construction Project, have been delivered to the site. Quay wall concrete works are ongoing, with 98% completion. #MTCCProjects #RayyithungeKunfuni pic.twitter.com/MVwcW3Uomw
— MTCC Plc (@MTCCPlc) August 30, 2022
މި މަޝްރޫޢު ނިމުމާއެކު ދިއްދޫގެ ބަނދަރު ވެގެންދާނީ، ރާއްޖޭގައި އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށެވެ. އަލަށް އިތުރުކުރާބައިގައި 326 މީޓަރުގެ އެއްގަމު ތޮއްޓެއް ބަނދަރަށް އިތުރުވާނެއެވެ. އަދި ބަނދަތުގެ ފުޅާމިނުގައި 300 ފޫޓު ހުންނާނެއެވެ.
މި މަޝްރޫޢުގެ ދަށުން 78،000 އަކަމީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 69.87 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ދިއްދުއަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.