ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން، ހުޅުވާލައިފައިވާ ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ މީހުންނަނީ ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން އެންމެ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުންނާން ޖެހެއެވެ. ނުވަތަ އެއާއި އެއްފެންވަރުގެ ވޮކޭޝަނަލް ޓްރެއިނިން ސެޓިފިކެޓްއެއް އޮތުމުގެ އޮތުމުގެ އިތުރުން އެމީހަކު ވާންޖެހެނީ އުމުން 18 އަހަރާއޮ 25 އަހަރާ ދެމެދު ޒުވާނަކަށެވެ.
ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ، މި ވަޒީފާ އަދާކުރެވޭވަރުގެ ފުރިހަމަ ސިއްހަތެއް ހުރި މީހަކަށްވުމުގެ އިތުރުން، ފާއިތުވި 5 އަހަރުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ވެގެން ނުވެއެވެ. އަދި އޭގެ އިތުރުން ފިރިހެއްނެނަމަ އިސްކޮޅުން 5 ފޫސް 5 އިންޗި އަދި އަންހެނެއްނަމަ އިސްކޮޅުން 5 ފޫޓު 3 އިންޗި ހުރުމުގެ އިތުރުން އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވެގެން ނުވެއެވެ.
މީގެ އިތުރުންވެސް މި ވަޒީފާއަށް ކުރިމަތިލާ މީހުން މި ޝަރުތުތައް ފުރިހަމަވުމުގެ އިތުރުން، ކުރެވޭ އިންޓަވިއުތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ ފަރާތްތަކަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސުވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާއަށް ބަލާނެކަމަށްވެސް ޑިފެންސުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
މި ވަޒީފާއަށް ޕޮލިސް ރިޕޯޓާއެކު ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ޑިފެންސް މިނިސްޓްރީންނެވެ.
ކޮމެންޓު ފޮނުވާ