ބޭނުން ވަނީ އަންހެން ކުއްޖެއް: ބިޕާޝާ

ބޭނުން ވަނީ އަންހެން ކުއްޖެއް: ބިޕާޝާ

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2022 08:08
0

މިމަހުގެ 16 ވަނަ ދުވަހު ބަލިވެ އިންކަން އިއުލާން ކުރި ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ ބޭނުން ވަނީ އަންހެން ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.

43 އަހަރުގެ ބަތަލާ ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ދަރިއަކު ހޯދުމަށް ޕްލޭން ކުރި ހިސާބުން ފެށިންގެން ވެސް ބޭނުން ވަނީ އަންހެން ކުއްޖެއްކަމަށެވެ.

އިންސްޓަގްރާމްގައި ބިޕާޝާ ބަނޑު ފެންނަ ފޮޓޯތަކަކާއި އެކުގައި ވަނީ އޭނާ ބަނޑުބޮޑުކަން އިއުލާން ކޮށްފައެވެ. އަދި މި ފޮޓޯ ތަކުގައި ވަރަށް ރީތިކޮން އޭނާގެ ބަނޑު ފެންނަށް ހުއްޓެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ލިބެނީ ކޮންކަހަލަ ޖިންސެއްގެ ކުއްޖެއްތޯ ބަލަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަންހެން ކުއްޖަކު ލިބިއްޖެޔާ ވަރަށް އުފާވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އުންމީދު ކުރަނީވެސް އަންހެން ކުއްޖަކު ލިބޭނެ ކަމަށް ކަމަށް ބުނެފައި ވެއެވެ.

ކައިވެންޏަށް 6 އަހަރު ފަހުން ދަރިއަކު ހޯދުމުން އެއީ ލަސްކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް މިއީ ދަރިއަކު ހޯދުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރެވޭ ކަމަށް ބިޕާޝާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިބާ ބިޕާޝާ އާއި ކަރަން ސިން ގްރޯވާ ކައިވެނިކުރީ 2016ގައެވެ. މިއީ ބިޕާޝާގެ އަލަތު ކައިވެނި ނަމަވެސް ކަރަންގެ ތިން ވަނަ ކައިވެންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.