ކައިވެންޏަށް 2 މަހުގައި ބަލިވެއިންކަން އިއުލާން ކުރި ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓްއާއި ފިރިމީހާ ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ އަލަތު ފިލްމު "ބްރަމަސްތުރާ"ގެ ފޯރި ގަދަލަވައެއް ދައްކާލައިފިއެވެ.
ކުރިން ވަނީ ވަރަށް ރޮމޭންޓިކް ލަވައެއް ކަމުގައި "ކޭސަރިޔާ" ރިލިޒް ކޮށްފައެވެ. އެ ލަވައަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. "ކޭސަރިޔާ" ކިޔައިދީފައިވަނީ އަރީޖީތު ސިންގްއެވެ. މީގެ އިތުރުން ފިލްމުގެ ދެވަނަ ލަވައެއް ގޮތުގަިއ "ދޭވާ ދޭވާ" ވެސް ބެލުންތެރިންނަށް މިހާރު ވަނީ ދޫކޮށްލައިފައެވެ.
އަނެއްކާ ވެސް މިވަނީ ފިލްމުގެ އިތުރު ލަވައެއް ބެލުންތެރިނަށް ދޫކޮށްލައިފާއެވެ. ފުރަތަމަ ނެރުން ލަވައާއި ހިލާފަށް މިފަހަރު ނެރުން ލަވައަކީ ވަރަށް ފޯރިގަދަ ނެށުންތައް ވަރުގަދަ ލަވައެކެވެ.
"ޑާންސް ކާ ބޫތު" ކިޔާ މި ލަވަ ވެސް ކިޔައިފައިވަނީ އަރީޖީތު ސިންގް އެވެ. މި ލަވައިގެ ކޮރެއޮގްރަފީ ހަދާފައިވަނީ ގަނޭޝް އަޗާރިޔާއެވެ.
ފިލްމު ސިނަމާގައި އަޅުވަން ހަމަޖެހިފައިވަނި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ އިތުރުން ފިލްމުން އަމިތާބް ބައްޗަން އާއި ނާގަ އަރުޖުނާ އަކިނޭނީ އަދި މޯނީ ރޯއީ މުހިންމު ރޯލުތަކުން ފެނިގެންދާނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީއެވެ.
ކޮމެންޓު ފޮނުވާ