އަޖޭ ދޭވްގަން އާއި ތައްބޫގެ ކުރިއަށް އޮތް ފިލްމު "ބޯލާ"ގެ ޝޫޓިންގް ނިންމާލިކަން އިއުލާން ކޮށްފިއެވެ. މިއީ މި ދެތަރިން އެކުގައި ފެނިގެންދާ 9 ވަނަ ފިލްމެއެވެ.
އަޖޭ ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅޭ މި ފިލްްމްގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ.
މި ފިލްމުގެ ޝޫޓިންގެ ތެރެއިން މީގެ މަހެއްހާ ދުވަސް ކުރިން ތައްބޫ ވަނީ އެންޖަރީވެސް ވެފައެވެ. ފިލްމުގެ އެކްޝަން މަންޒަރެއް ނަގަނިކޮން އޭނާގެ ބުމަ މަތިން ވަނީ އަނިޔާއެއް ވެފައެވެ. ނަމަވެސް އެއީ މާބޮޑު އެންޖަރީއެއް ނޫން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ރިޕޯޓްކޯށްފައި ވެއެވެ.
މިއީ އަޖޭ ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އަޖޭ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ "ރަންވޭ 34″ އެވެ. އެ ފިލްމަކީ ވެސް ޑައިރެކްޓް ކުރުމުގެ އިތުރުން އަޖޭ ލީޑުން ފެނިގެންދިޔަ، ގިނަ ބައެއްގެ ތައުރީފް ލިބުނު ފިލްމެކެވެ.
"ބޯލާ" ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ މާޗް 30 ވަނަ ދުވަހުއެވެ. ތައްބޫ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ އިންނެވެ.
ކޮމެންޓު ފޮނުވާ