"ސިޔާ"ގައި ދައްކުވައިދެނީ އަންހެނަކު އިންސާފު ހޯދުމަށް ކުރާ މަސައްކަތް

"ސިޔާ"ގައި ދައްކުވައިދެނީ އަންހެނަކު އިންސާފު ހޯދުމަށް ކުރާ މަސައްކަތް

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2022 08:45
0

އިންޑިއާއަކީ އަންހެނުންނާ މެދު ދަށުދަރަޖާގައި އަމަލު ކުރާ މީހުން ގިނަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮންނަ ގައުމެކެވެ. އަދި ހަމަ އެފަދައިން އަންހެނުންގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި އެމީހުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމަށް ދެކޭ މުޖުތަމަޢުތައްވެސް ގިނަ ގައުމެކެވެ.

އެގޮތުން މިދަފަ ލާއިންސާނީ، ރަހުމު ކުޑަ، ގެވެށި އަދި ޖިންސީ އަނިޔާތަކުގެ ވާހަކަތައް ކޮންމެ ދުވަހަކުހެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައެވެ.

މިފަދަ ކަންކަން ދައްކުވައިދޭ އެތައް ފިލްމެއް ވެސް ބޮލީވުޑުން ވަނީ ގެނެސްދީފައެވެ. އެގޮތުން މަނީޝް މުންދްރާގެ "ސިޔާ" އަކީ މިފަދަ އަނިޔާވެރި ހާދިސާއެއް ދިމާވާ އަންހެނެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އަދި، ކޮރަޕްޝަން ބޮޑު ނިޒާމަކާ ހަނގުރާމަކޮށް އަމިއްލައަށް އިންސާފް ހޯދުމަށް ކުރާ ހިތި އަދި ވޭންދެނެވި ދަތުރުގެ ވާހަކަ މި ފިލްމުގައި ކިޔައި ދޭނެއެވެ.

"ސިޔާ" ގައި އަނިޔާލިބޭ މީހެއްގެ ރޯލުން ފެނިގެންދާނީ ޕޫޖާ ޕާންޑޭއެވެ. އަދި ވިނީތު ކުމާރް ސިންގް ފެނިގެން ދާނީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.