މ.އަތޮޅުގައި ހުންނެވުމުން، ދައުލަތުން އެދިގެން މަހުލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

މ.އަތޮޅުގައި ހުންނެވުމުން، ދައުލަތުން އެދިގެން މަހުލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2022 11:22
0

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން މިއަދު ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ ތާވަލުކުރީ މިއަދު ހެނދުނު ނުވައެއް ޖަހާއިރަށެވެ. ތާވަލްގައި ކުރިން އޮތީ އަޑުއެހުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ ޝަރީއަތް ކެންސަލް ކޮށްފައެވެ. ޝަރީއަތް ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. މަހްލޫފް މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު ނުވައެއް ޖަހާއިރަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމީ ވެސް އޮންލައިންކޮށެވެ. އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމިއިރު، މަހްލޫފް މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ އެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. އެއީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެއެވެ. ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ހުކުމްކުރިއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާ އަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ބާތިލްކުރީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި އެފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާދަމް
ތިއައީ ޢާއްމުންގެ މީހެއްނަމަ ހިތިފެނުނީސް އެައީ އިންސާފު