އާޖެންޓީނާ އަށް މޮޅެއް

އާޖެންޓީނާ އަށް މޮޅެއް

Author
އިބްރާހީމް ސާޢިދު
18 ނޮވެމްބަރ 2020 11:55
0

ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ޕެރޫގެ މައްޗަށް އާޖެންޓީނާ އިން 2-0 އިން ކުރިހޯދައިފި އެވެ.

އާޖެންޓީނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕެރޫ ކޮޅަށް އެ ޓީމުން ވެސް ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ 17 ވަނަ މިނިޓްގައި ލޫކަސް ގޮންޒާލޭޒް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އޭގެ 11 މިނިޓް ފަހުން އެ ޓީމުގެ ލީޑުފުޅާކޮށްދިނީ ލަޓާރޯ މާޓިނޭޒްއެވެ.

މި މެޗުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. ޕެރޫ އިން ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު ކޮލިފައިން އެއް ވަނައިގައި ބްރެޒިލް އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ތިން ވަނައިގައި އޮތީ ރޭ 6-1 އިން ކޮލަމްބިއާ ބަލިކުރި އެކުއެޑޯ އެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.